އީރާންގެ އިސްލާމީ އިންގިލާބުގެ 44 ވަނަ މުނާސަބާ މިއަދު ފާހަގ ކޮށްފިއެވެ. އީރާންގެ ރައީސް އިބްރާހީމް ރައީސީ ވިދާޅުވީ ގައުމުގެ ހަސަދަވެރިން ދަނީ އީރާނުން ހޯދަމުންދާ ކުރިއެރުންތައް ހުއްޓުވުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

އީރާންގައި ސެޕްޓެމްބަރު މަހުން ފެށިގެން ކުރިއަށްދާ މުޒާހަރާތައް އަދިވެސް ހުއްޓުމަކަށް އައިސްފައެއް ނުވެއެވެ. މުޒާހަރާތައް ފެށުނީ ފުލުހުންގެ ބަންދުގައި ހުއްޓާ ކުރުދީ ދަރިކޮޅުގެ މަހްސާ އަމީނީއަށް އަނިޔާކޮށް މަރާލުމާ ގުޅިގެންނެވެ.

އީރާން ސިފައިން ވަނީ އެމީހުންގެ ކުޅަދާނަ އަސްކަރީ އުފެއްދުންތައްވެސް ދައްކާލާފައެވެ. އެގޮތުން އިމާދުއާއި ސެޖީލް ބެލިސްޓިކް މިސައިލް ދައްކާލިއެވެ. އަދި ޝަހީދު 136ގެ ޑްރޯނާއި މުޖާހިރު ޑްރޯންތައްވެސް ދައްކާލިއެވެ. އީރާނަކީ މެދުއިރުމަތީގެ އެންމެ ގިނަ މިސައިލާއި ޑްރޯން ގެންގުޅޭ ގައުމެވެ.