އީރާންގެ ޑްރޯން އުފައްދާ މަރުކަޒަކަށް ހަމަލަ ދިނުމުގައި ބައިވެރިވި އިޒްރޭލުގެ ކުލީ ސިފައިންގެ ބަޔަކު އީރާންގައި ހައްޔަރުކޮށްފި ކަމަށް އީރާނުން ބުނެފިއެވެ. އީރާންގެ ރެވްލޫޝަންރީ ގާޑާއި ޖާސޫސީ އިދާރާ ގުޅިގެން ބޭއްވި ނޫސް ކޮފްރަނެސްގައި ބުނެފައި ވަނީ އެކަމުގައި ބައިވެރިވާ މީހުން އަތުލައި ގަނެއް ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެމީހުން ވަނީ ޒަޔަނިސްޓް ގައުމަށް މަސައްކަތް ކޮށްދޭ ކަމަށް އެއްބަސްވެފައެވެ. ތަހުގީގު ހިނގަމުންދާތީ އިތުރު މައުލޫމާތެއް ނޫސްކޮނަފަރެންސްގައި ދީފައެއް ނުވެއެވެ.