ވައިގެ ދަތުރުފަތުރުގައި އިންޑިއާއިން ކުރި ހޯދައިފިއެވެ. އެވިއޭޝަން ސެކިއުރިޓީގައި އައިކާއޯ އިން ކުރިން އިންޑިއާ ގިންތި ކޮށްފައި އޮތީ 112 ވަނާގައެވެ. ނަމަވެސް މިހާރު އިންޑިއާއަކީ ދުނިޔޭގައި ވައިގެ ސަލާމަތީ ރައްކާތެރިކަމުގައި 55 ވަނައެވެ.

އައިކާއޯއިން ވަނީ އިންޑިއާގެ އެވިއޭޝަން ސެކިއުރިޓީގެ ހާލަތު ބެލުމަށް ނޮވެމްބަރު މަހު ދަތުރެއް ކޮށް އެއަރޕޯޓްތައް ދިރާސާކޮށްފައެވެ.