އިންޑިއާގެ ޓާޓާ އައުލާދު ކުންފުނިން 500 މަތިންދާބޯޓު ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި ބޯޓުތައް އިންޑިއާއާ ހަވާލު ކުރަން ޖެހޭނީ ކުރިއަށް އޮތް ހަތް އަހަރު ދުވަހުގެ ތެރޭގައެވެ.

މި 500 މަތިންދާބޯޓުތަކުގެ ތެރޭގައި ހިމެނީ 430 ނެރޯ ބޮޑީ ބޯޓާއި ބޮޑެތި 70 އުދުހޭ ބޯޓެވެ.

މި ވިޔަފާރި ދީފައި ވަނީ ބޯއިން ކުންފުންޏަށާއި އެއާބަސް ކުންފުންޏަށެވެ. 280 ބޯޓު އުފައްދާނީ އެއަރބަސް އިންނެވެ.

ޓާޓާ އައުލާދުން ވަނީ އެކުންފުނިން އެމްނެ ފުރަތަމަ އުފެއްދި އެއަރ އިންޑިއާ 80 އަހަރު ފަހުން އަނބުރައި އިންޑިއާ ސަރުކާރުން ގަނެފައެވެ.

ޓާޓާ އައުލާދުން މި ބޯޓުތައް ގަތުމަށް 150 ބިލިއަން އެމެރިކާ ޑޮލަރު ހޭދަ ކުރާނެ ކަމަށް ބެލެވެއެވެ.