ތުރުކީއާއި ސީރިޔާއަސް އައި ބިން ހެލުމަކީ ހުޅަނގުގެ ގައުމުތަކަށް އެމީހުންގެ ހަލާކު ކުރަނިވި ޝަޚުސިއްޔަތުގެ ބަދަލުގައި ތައުމީރު ކޮށް އާރާސްތު ކުރެވިދާނެ ޝަޚުސިއްޔަތެއްކަން ދެއްކިދާނެ ފުރުސަތެއް ކަމަށެވެ. އިނގިރޭސލި ލިޔުންތެރިޔާ ޑޭޥިޑް ހަރސްޓް ލިޔުއްވާ ގޮތުގައި އެކަމަކު ޔޫރަޕަކަށް އެކަމެއް ނުދެއްކުނެވެ. ހަރސްޓް ލިޔުއްވި ގޮތުގައި ޔޫރަޕުން އޮތީ ޔުކްރެއިންގެ ހަނގުރާމައިގައި މާ ބޮޑަށްވެސް މަޝްޣޫލުވެފައެވެ.
މިޑްލް އީސްޓް އައި މަޖައްލާގައި އޭނާ ލިޔުއްވިގޮތުގައި ބިން ހެލުމުގެ ތިން ދުވަސް ތެރޭގައި ދުނިޔޭގެ ކަންކޮޅުތަކުން ތުރުކީއަށް އެހީވާން މީހުން ފޮނުވި އިރު ޔޫރަޕަކަށް ކަމެއް ވެގެން އުޅޭ ހެނެއްވެސް ހިއެއް ނުވެއެވެ. އަދި ޔޫރަޕްގެ ނޫސްތަކުގައި ތުރުކީގެ ބިންހެލުމުގެ ވާހަކަތަކެއް ގެނަސްދީފައެއް ނުވެއެވެ. ޔޫރަޕްގެ ނޫސްތަކުން މަޝްޣޫލު ވެގެން އުޅުނީ (ޔޫރަޕަށ ްކުއްޔަށް ހަނގުރާމަ ކޮށްދޭ) ޒެލެންސްކީ އިނގިރޭސިވިލާތަށް ކުރި ދަތުރުގެ ވާހަކަތައް ގެނަސްދިނުމުގައެވެ.
އިނގިރޭސިވިލާތުން ޔުކްރެއިންއަށް 2.5 ބިލިއަން ޑޮލަރު އެހީ ވިއިރު ސަރުކާރުން ތުރުކީއަށް އެހީއެއް ދީފައެއް ނުވެއެވެ. ނަމަވެސް އާންމު ރައްޔިތުން އެއްކުރި ޗަންދާއިން ތުރުކީއަށް އިނގިރޭސިވިލާތުން 6 މިލިއަން ޑޮލަރު ލިބުނެވެ.
ހަރސްޓް ވަނީ އިނގިރޭސި ސަރުކާރުން ހަތިޔާރަށް 2.5 ބިލިއަން ހޭދަކުރިއިރު އާންމުންގެ ފައިސާއިން 6 މިލިއަން ޑޮލަރާ އަޅާކިޔައި ހައިރާންކަން ފާޅުކޮށްފައެވެ.