"ރަސްކަނލާގެއެވެ! އިބަ ރަސްކަނލާގެ ޔޫސުފު ނަބީކަލޭގެފާނުވެސް ހައިހޫނުކަމުގައި ދޫކޮށް ނުލައްވަމެއް ނޫންތޯއެވެ! އިބަރަސްކަލާނގެ މިއަޅާވެސް ކަރުހިއްކުމަށް ދޫކޮށް ނުލާށެވެ!" ޚަދީޖާ އިމާރާތުގެ ދަށުގައި ހޭދަ ކުރި ވަގުތުގައި އަބަދުމެ ދުއާ ކުރަމުން ދިޔައެވެ.

އޭނާ ފެނުނު ފަހުން ސަލާމަތް ކުރެވުނީ 13 ގަޑީގެ މަސައްކަތަށް ފަހުއެވެ. ޚަދީޖާ ޔާރްޖީތު، ޖުމުލަ 119 ގަޑިއިރު، ފަސް ދުވަސްވަންދެން ކޮންކްރީޓުގެ ދަށުވެފައި އޮތެވެ.

އޭނާގެ ދުއާގެ ވާހަކަ، ހަސްފަތާލަށް ގެންދިޔަ މަގުމަތީގައި އެމްބޫލާންސްގައި ޕެރަމެޑިކަށްވެސް ކިޔައިދިނެވެ.

ތުރުކީގެ ސިއްހަތާ ބެހޭ ވަޒީރު ފަޚުރުއްދީން ގޫޖާ ވަނީ އޭނާގެ އެކައުންޓުން ޚަދީޖާގެ ދުއާ ކުރުމާ ބެހޭ ގޮތުން ޓުއީޓުކޮށްފައެވެ.