ވީރާނާ ވެފައިވާ އިމާރާތްތަކުގެ ދަށުން ސަލާމަތް ކުރެވޭ މީހުންގެ ހިތްވަރުގަދަ ކަމުގެ އަސަރުގަދަ ވީޑިއޯތައް އާންމު ވަމުން ދެއެވެ. ބައެއް ވީޑިއޯތައް އަނެއް ބައި ވީޑިއޯތަކަށް ވުރެން މަގްބޫލު ވެއެވެ. އާދަޔާ ޚިލާފު ހިތްވަރެއްދެއްކި "އަމީރާ"ގެ ހާދިސާއަކީ އެފަދަ އެއް ވާހަކައެވެ.

ނަމަކީ އަމީރާއެއް ނޫނެވެ! ނަމަވެސް އެހީ ދޭން އުޅުނު މީހުން އެ ކުއްޖާއަށް ނަން ދިނީ އަމީރާގެ ނަމުންނެވެ. ސޫރިޔާގެ ބިން ހެލުމުން ހާލުގައި ޖެހުނު ސަރަހައްދަށް އެހީދޭން އުޅުނު މީހުންނަށް އޭނާ ފެނުނު އިރުވެސް އޭނާގެ ހިތްވަރުގަދަ ކަން ސާބިތުވިއެވެ. އޭނާއޮތީ އޭނާގެ ކޮއްކޮށް ސަމާލަތް ކުރުމަށް ކޮއްކޮ އަތްދަށަށް ލައިގެންނެވެ.

އެހީދޭން އުޅުނު މީހުން ފެނުމުން އާދޭސް ކުރިއެވެ!

"އަންކަލް، އަހަރެން ސަލާމަތް ކޮށްދީ! އަހަރެން އަންކަލްގެ ނޯކަރަކަށް ވެގެން އުޅޭނަން!"

އެހީ ދޭން އުޅުނު މީހުން ހިތްވަރު ދިނެވެ. ބުންޏެވެ. ކަނބުލޯ ވާނީ ޕްރިންސަސް އަކަށެވެ. އަމީރާއަކަށެވެ. ހިތްވަރުކޮށް ލާށެވެ.

އަމީރާ ސަލާމަތް ކުރެވުނެވެ. ހަސްފަތާލަށް ގެންގޮސް އެހީދޭ މީހުން އޭނާގެ ބޮލުގައި ތާޖެއް އަޅުވައި އޭގައި އަމީރާ އޭ ލިޔުނެވެ.

ހަދިޔާއަކަށް ދީފައިވާ ކުޅޭ ސާމާނުތައް ކައިރީގައި ބާއްވާއިގެން އަމީރާގެ މައުސޫމް ކަންމަތީގައި ނިދިފައި އޮތް އިރު އޭނާގެ ހާލަތުގެ ބަނަކަމެއް އޭނާއަކަށް ނޭނގެއެވެ. އޭނާގެ މަންމައާއި ބައްޕަ ވަނީ ބިންހެލުމުގައި އިމާރާތް ދަށުވެގެން ނިޔާވެފައެވެ.

އޭނާގެ ސުއާލުތަކަށް ޖަވާބު ދެމުން ބުނެފައި ވަނީ މައިންބަފައިން ވަނީ އެހެން ހަސްފަތާލެއްގައި ބާއްވާފައި ކަމަށެވެ.

ފުރާޅު ގައިމައްޗަށް ވެއްޓިފައި އޮތް އިރު އޮތީ ބިރުވެރި ކަމެއް ގައެވެ. މިހާރު ރަޖާ ދަށުގައި އަމާން ކަމެވެ. އެކަމަކު އޮތީ ބަނަ މުސްތަގްބަލެކެވެ!

ސ