ހަތަރު އަނބިންނަށް 12 ދަރިން ލިބުނެވެ. ހަތަރު ކައިވެންޏަކީވެސް ހަތަރު މީހުންނަށް ސިއްރުން ކޮށްފައިވާ ކައިވެނިތަކެވެ. 24 އަހަރުގެ އިޝްގީ އޮޅުވާލު މެކެވެ.

ބޭޒާރުވީ މިއުޅޭ ފޭސްބުކްއާ ހެދިއެވެ.

ސިއްރުން ހަތަރު ކައިވެނި ކުރި ގޮތަށް އަނބިންނަށް ފޭސްބުކް މަނާ ކޮށްފައި ބެއްވިނަމަ ބޮނޑި ބޯން ނުޖެހުނީހެވެ.

މިކަން ކުރި މީހާއަކީވެސް ދެރަވަރު މީހެއް ނޫނެވެ. މިސްރުގެ ފަޅާ ޑޮކްޓަރެކެވެ. އަނބިންވެސް ގެންގުޅުނީ އެކި ސިޓީތަކުގައެވެ.

އެއް އަންބަކަށް އިޝްގީ ކުޅިގަނޑު ބޭޒާރުވުމުން އޭނާ އިތުރަށް މަސައްކަތް ކޮށްގެން ހުރިހައި މައުލޫމާތެއް ހޯދައި އޮޅުވާލުމާއި މަކަރާއި ހީލަތުގެ ދައުވާ ފިރިމީހާއާ ދެކޮޅަށް ކުރީއެވެ.

އަލަންގިރި މައްސަލާގައި ވަކީލާ ބެހޭ ގޮތުން ބާ އެސޯސިއޭޝަނުން ބުނި ގޮތަށް، ޑޮކްޓަރުންގެ ޖަމުއިއްޔާއިން ބުނީ ސިއްރުން މީހުންނާ އިނުމަކީ ޑޮކްޓަރުގެ ވަޒީފަގެ ސުލޫކާ ޚިލާފް ކަމެއް ނޫން ކަމަށެވެ. އެހެންވެ އޭނާއާ ދެކޮޅަށް އަޅާނެ ފިޔަވަޅެއް ނެތް ކަމަށެވެ.