ކުރިން ދުވަހަކުވެސް ދިމާ ނުވާ ކަމެކެވެ. ވަރަށް ދުރުން އަންނަ އަޑެކެވެ. ކޮންމެ 18 ސިކުންތަކުން އެ އަޑު ދުނިޔެއަށް ފޯރައެވެ. އަދި ކޮންމެ ގަޑިއިރެއްގެ ތެރޭގައި ތިން ބުރަށް ގަދަ އައްޔެއް ފޮނުވާލައެވެ.

އެ އަޑު އެންމެ ފުރަތަމަ ހޯދައިގަތް، އޮސްޓްރޭލިއާގެ ފަލަކީ އިލްމުވެރިން ސިއްސުވާލިއެވެ. އިރުގަނޑެއް ވަންދެން ވިސްނަން އިނުމަށްފަހު އޮސްޓްރޭލިއާގެ ފަލަކީ އިލްމުވެރިޔާ ނަތާޝާ ހޭލީ، ހީކުރީ ދުނިޔެއިން ބޭރުން އެހެން ހަޟާރާއެއްގެ ދިރުމެއް ފެނުނީ ކަމަށެވެ. އެވެރިން ދުނިޔެއާ ވާހަކަ ދައްކަން މެސެޖު ފޮނުވަނީ ކަމަށެވެ.

މިވަރުގެ ކަމެއް މީގެ ކުރިން ދުވަހަކުވެސް ދިމާވެފައި ނުވާކަމަށް ނަތާޝާ ބުންޏެވެ.

އެއީ، އަހަރަމެންގެ ދުނިޔެއާ 4000 އަލިއަހަރުގެ ދުރުމިނުގައި ހުރި ނިއުޓްރޮން ސްޓަރގެ ބާރުގަދަ ދަގަތްފާނު ފަށަލައިން ފޮނުވާލާ ބާރުގަދަ އަޑެއް ކަމަށް ސައިންސްވެރިން މިހާރު ދެކެވެ. މި ތަރިއަކީ އޭނާގެ ނާރެހުގައި 1 ސިކުންތާއި 10 ސިކުންތުގެ ތެރޭގައި ބުރު ނިންމާލާ ތަރިއެކެވެ.

ސައިންވެރިން ބުނަނީ އަދި މިތަރިއާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް އެނގިފައި ނެތް ކަމަށެވެ.