ހއ. މުރައިދޫގައި އެމްޓީސީސީން ގާއިމްކުރަމުންއައި ފެރީ ސްޓޮޕްގެ މަސައްކަތްތައް ނިމިއްޖެ ކަމަށް އެކުންފުނީން ބުނެފިއެވެ. މި ފެރީ ސްޓޮޕްގައި ކިއޮސްކް އަކާއި، ވެއިޓިންގް އޭރިއާއެއްގެ އިތުރުން ފާޚާނާވެސް ބަހައްޓާފައިވެއެވެ.

މި ފެރީ ސްޓޮޕަކީ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން 1 ގެ ދަށުން ޤާއިމުކުރި ތަނެކެވެ.

މުރައިދޫގެ އިތުރުން މިފަދަ އެހެން ސްޓޮޕްތަކާއި ހަޓުތައް ވަނީ ގާއިމްކޮށް ފައެވެ. އެމްޓީސީސީއަކީ ރާއްޖޭގައި މިފަދަ ޚދުމަތް ދިނުމުގައި ތަޖުރިބާކާރު ޚިދުމަތްތެރި ކުންފުންޏެކެވެ.