ޔަހޫދީންގެ ވަކިތަކުން ގުދުސް މިނިވަން ކުރުމާއި ޔަހޫދީވަންތަކަމާ ދެކޮޅަށް ފަލަސްތީނު ސަރުކާރަށް އެހީވުމަށް އަރަބި ލީގްގައި މިއަދު ކޮންފަރެންސެއް ފަށައިފިއެވެ. ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ހުންނެވީ އެ ކޮންފަރެންސްގައި ބައިވެރިވުމަށް މިސްރުގެ ވެރިރަށް ޤާހިރާގައެވެ.

މާ ބޮޑު ނަތީޖާއަކަށް އުންމީދު ނުކުރެވުނަސް، މި ކޮންފަރެންސް ބާއްވާފައި ވަނީ އިޒްރޭލު ވަރަށް ބޮޑަށް ފިތެމުންދާ ދުވަސްވަރެއްގައެވެ.

އިޒްރޭލުގައި ރޭ ބެއްވި މުޒާހަރާގައިވެސް ސަރުކާރާ ދެކޮޅަށް ދެ ލައްކަ މީހުން ބައިވެރިވެފައި ވެއެވެ.