މިއަދު ހަވީރު އިޒްރޭލު ކެބިނެޓްގެ މެމްބަރުންގެ މެދުގައި މާރާމާރީއަކާ އެކު ހިނގި ޒުވާބެއްގައި އިޒްރޭލު ޖަސްޓިސް މިނިސްޓަރު ވަނީ ބަންޑާރަ ނާއިބާއި އުއްތަމަ ފަނޑިޔާރާ ގުޅިގެން އިޒްރޭލު ސަރުކާރާ ދެކޮޅަށް އިންގިލާބެއް ގެންނަން މަސައްކަތް ކުރަނީ ކަމަށް ބުނެފައެވެ.

ބަންޑާރަ ނާއިބާއި އުއްތަމަ ފަނޑިޔާރަކީވެސް ދެ އަންހެނުންނެވެ.

އިޒްރޭލުގައި ޖުޑީޝަރީ ގަޑުބަޑު ކުރުމާ ދެކޮޅަށް ރޭ ބެއްވި މުޒާހަރާގައިވެސް ސަރުކާރާ ދެކޮޅަށް ދެ ލައްކަ މީހުން ބައިވެރިވެފައި ވެއެވެ.

އިޒްރޭލުގެ އެތެރޭގައި މައްސަލަ ބޮޑު ވެފައި ވަނީ ޖުޑިޝަރިއަށް އަތް ބާނައިގެން ވަގުންނަށް ކެބިނެޓްގައި ތިބެވޭ ގޮތަށް ގާނޫނު ބަދަލު ކުރުމަށް ނަތަންޔާނޫހާއި އެހެން ވަގުން މަސައްކަތް ކުރާން ފެށުމުންނެވެ.

އިޒްރޭލު ސަރުކާރުގައި ނަން މަޝްހުރު ތިން ވަގުން ތިއްބައި މިހާރު ތިބީ ދެ ވަގުންނެވެ.

މި ވަގުތު އިޒްރޭލު އެތެރޭން ކެކި އަރަނީއެވެ.

ފަލަސްތީނުގެ ކުޑަ ކުދިންވެސް ޒުވާނުންވެސް ނޭގި ތިއްބާ ވަޒަންވެރިކޮށްފައިވާ ޔަހޫދީންނަށް ހިފާފައިވާ ބިންތަކުގައި ހަމަލަ ދެނީއެވެ.

އިޒްރޭލު ސިފައިން އެމީހުންގެ ގެތަށް ސިލު ޖަހައި ބަންދު ކުރަމުންދާއިރުވެސް އެމީހުންނަށް އަސަރެއް ނުކުރެއެވެ.

މިރޭ މާލޭ ގަޑިން މެންދަމުހާ އިރު އިޒްރޭލުގެ ރައީސް ގައުމާ މުޚާތަބު ކުރާނެއެވެ.

އިޒްރޭލު ފުލުހުންގެ އެންމެ އިސްވެރިން ބުނަނީ ތާކިހާ އެޅި ސެކިއުރިޓީ ވަޒީރަކީ މަގާމަށް ކުފޫ ހަމަވާ މީހެއް ނޫން ކަމަށާއި އޭނާ ބުނާހާ ގޮތަކަށް އޮޕަރޭޝަން ހިންގަން ފުލުހުން ތައްޔާރަށް ނެތް ކަމަށެވެ.

އިޒްރޭލުގެ ސަރުކާރުގެ ބައިވެރިން ބުނަނީ އިޒްރޭލު ހައިކޯޓުން ސަރުކާރާ ދެކޮޅަށް ބަޣާވާތެއް ގެންނަން އުޅެނީ ކަމަށެވެ. އިޒްރޭލު ހައި ކޯޓުން ވަނީ ވައްކަމުގެ މައްސަލަތަކެއްގައި ދައުވާ ކުރެވެމުންދާ ވަގު ބޮޑު ވަޒީރު މަގާމަށް ކުފޫހަމަ ވޭތޯ ބަލަން ހުށަހެޅިފައިވާ މައްސަލާގައި އަށް ހަފްތާގެ ތެރޭގައި އޭނާ ޖަވާބުދާރީ ވުމަށެވެ.

އިޒްރޭލު ސަރުކާރުގެ ޕާޓީގެ ޕާލަމެންޓް (ކެނެސެޓް) އަންހެން މެމްބަރު ޓެލީ ގޮޓްލިވް ޕާލަމެންޓްގައި ވާހަކަ ދައްކަމުން ބުނެފައި ވަނީ ފަލަސްތީނު މީހުން އިޒްރޭލުގެ އިސްތިއުމާރީންނާ ދެކޮޅަށް ހަމަލަތައް ދެނީ އިޒްރޭލު (އަންހެން) އުއްތަމަ ފަނޑިޔާރު އެޝްތާ ހަޔޫތުގެ ހިތްވަރު ދިނުމުން ކަމަށެވެ.

(އެޑިތަރުގެ ބަޔާނެއް) އިޒްރޭލާއި ފަލަސްތީނުގެ މިހާރުގެ ހާލަތާ ގުޅޭ ގިނަ ފޮޓޯތައް ހުރިނަމަވެސް މި ސައިޓަކީ ފޮޓޯ ޖެހޭ ގޮތަށް ފަަރުމާ ކޮށްފައިވާ ސައިޓެއް ނޫން ކަމުން ކިޔުންތެރިންގެ އަރިހުން މައާފަށް އެދެމެވެ.