އިމްޕޯޓުކޮށްގެން ފަލަސްތީނުގައި ވަޒަންވެރިކޮށްފައިވާ ޔަހީދީންގެ ބަޔަކު ފުލުހުންގެ ޙިމާޔަތުގައި މާޗުކޮށްފައި ގޮސް މިއަދު މަސްޖިދުލް އަޤްސާގެ ހަރިންމައަށް ވައްޓާލައިފިއެވެ. 2003ން ފެށިގެން މަދުމަދުން ޔަހޫދީން އަލްއަޤްސާގެ ހަރަމްފުޅަށް ވަދެ ހަދައެވެ.

(ފޮޓޯގައި: ފަލަސްތީނުގެ ހިފާފައިވާ ބިމުގައި ވަޒަންވެރިކޮށްފައިވާ ޔަހޫދީންނަށް ހިފާފައިވާ ގުދުސްގައި ކާރުން ހަމަލަދީ ތިން މީހަކު މަރާލި 27 އަހަރުގެ މިސްޤާލު ރައްޔާންގެ ޖަނާޒާ)

އިޒްރޭލުގެ ޔަހޫދީ ފާދިރީން ވަނީ ޔަހޫދީންނަށް އެތަނަށް ނުވަނުމަށް ފަތުވާ ނެރެ މަނާ ކޮށްފައެވެ. އެއީ ދާއުދުގެފާނާއި ސުލައިމާނުގެފާނުގެ މިހުރާބްގެ ހުރިތަން ކަމުން އެތަނަށް އާންމު ޔަހޫދީންނަށް ވަނުމަށް ހުއްދައެއް ނޯވެއެވެ.

ޔަހޫދީން ހަންފަތުރައި ހަރިއްމަ ހިފާފާނެތީ ބިރުން ފަލަސްތީނުގެ އާންމުންނާއި ނަމާދަށް ދާމީހުންނާއި އަގްސާގެ ސެކިއުރިޓީން ހަރިންމަ 24 ގަޑިއިރަށް ބަލަހައްޓައި ގާޑުކުރަމުން ދެއެވެ.

އިޒްރޭލުގެ ތާކިހާ އެޅި ސެކިއުރިޓީ ވަޒީރަކީ ހަރިންމައަށް ވަނުމަށް ހިތްވަރުދޭ މީހެކެވެ.

އެހެން ހާދިސާއެއްގަައި ބައިތިލަހްމްގެ ސްކޫލަކަށްވަދެ ފަަލަސްތީނު ކުދަ ކުދިންނަށް ޒަޔަނިސްޓު ސިފައިން ބިރު ދައްކާފައި ވެއެވެ.