އިންޑިއާއިން ހިންގާ އެންމެ ބިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއަކީ މަގުތައް ހެދުމަށް ހިންގާ މެގަ ޕްރޮޖެކްޓެކެވެ. ނިއުދިއްލީން މުމްބާއީ އާ ދެމެދު ހަދަމުންދާ ހައިވޭ ހެދުމުން ދެ ސިޓީގެ ދެމެދުގެ ރާސްތާ ދެބައިކުޅަ އެއްބަޔަށް ކުޑަވެގެން ދާނެއެވެ.

13 ބިލިއަން އެމެރިކާ ޑޮލަރުގެ މި ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހި މިހާރު ވަނީ އިފްތިތާހު ކޮށްފައެވެ.

1386 ކިލޯ މީޓަރުގެ ރާސްތާގެ ފުރަތަމަ ބައި އިފްތިތާހު ކުރިއިރު މަތީގައި ބަހައްޓާފައިވާ ސައިން ބޯޑްގައި ވަނީ "ދިއްލީ ވަޅޯދްރާ މުމްބާއި އެކްސްޕްރެސްވޭއަށް މަރުޙަބާ" މިހެންނެވެ.

މި އެކްސްޕްރެސްވޭގެ އަލަށް ހުޅުވި ބަޔަކީ، ދިއްލީން ރާޖަސްތާންގެ ޖައިޕޫރަށް އޮންނަ 246 ކިލޯމީޓަރުގެ ބައެވެ.

އިންޑިއާއަކީ ދުނިޔޭގެ އެންމެ ބާރަށް ކުރިއަރާ ކުރިމަގުގައި، ދުނިޔޭގެ ތިންވަނަ ކަމުގައި ބެލެވޭނެ އިގްތިސާދެވެ.