އެމެރިކާ މަތިން އުދުހެމުން ދިޔަ ގޮތް ނޭނގޭ އެއްޗެއް އިއްޔެ ވައްޓާލައިފިއެވެ. މިއީ އަށް ދުވަސް ތެރޭގައި ވައްޓާލި ހަތަރުވަނަ އެއްޗެވެ. އެއީ ބެލޫނެއް ކަމެއް ނުވަތަ އެނޫން އެހެން އެއްޗެއް ކަމެއް ސާފުކޯށްދީފައެއް ނުވެއެވެ.

އެމެރިކާ އިން ބުނި ގޮތުގައި އެ އެއްޗެއް ވައްޓާލާފައި ވަނީ މިޝިގަންގެ ލޭކް ހޫރޮން މަތިންނެވެ. 20 ހާސް ފޫޓު މަތީގައި އެ އެއްޗެއް ދަތުރުކުރަމުން ދަނިކޮށް ރޭޑާއަށް ފެނިގެން އެއަށް ފާރަލަމުން ދިޔައީއެވެ. މިޝިގަން މައްޗަށް އެރުމުގެ ކުރިން އެ އެއެތި، މޮންޓާނާގައި ހުންނަ އެމެރިކާގެ ދިފާއީ ވުޒާރާގެ ސައިޓްތައް މަތިން ދަތުރުކުރިއެވެ.

މޮންޓާނާގައި ހުންނަ އެމެރިކާގެ ދިފާއީ ވުޒާރާގެ ސައިޓްތަކަކީ އެމެރިކާގެ ނިއުކްލިއަރ ހަތިޔާރު ބަހައްޓާފަވާ މަރުކަޒުތަކެވެ.

އެމެރިކާއިން އެންމެ ފުރަތަމަ ވައްޓާލި އެއްޗަކީ އަށް ދުވަސް ވަންދެން އެމެރިކާ މަތިން ދަތުރު ކުރި ވައި ހަމެކެވެ. 4 ފެބްރުއަރީގައި އެ ވައިހަން ވައްޓާލީ ނޯރތު ކެރޮލައިނާގެ ބޭރުންނެވެ.

ޖޯކު ޖަހަމުން އެމެރިކާ މީހުން ބުނެފައި ވަނީ އެމެރިކާގެ ކޮންމެ ރައީސެއްގެ ވެރިކަމުގައި ކޮންމެވެސް ގައުމަކަށް މިސައިލް ހަމަލައެއް ދޭން ފުރުސަތުގެ ބޭނުން ހިފާ ކަމަށެވެ. އެކަމަކު މުސްކުޅި ރައީސް ބައިޑަންއަށް މިސައިލެއް ފޮނުވާލަން އަމުރު ކުރެއްވުމަށް ލިބިވަޑައިގަތް ހަމައެކަނި ފުރުސަތަކީ ވައި ހަމެއް ގޮއްވާލުމަށް ލިބިވަޑައިގަތް ފުރުސަތެވެ.

އެ މިސައިލުން އެ ސޮރުގެ ސިފަ ބަދަލު ކޮށްލީ ނިކަމެތި ކޮންޑޮމެއް ފަދައިން ކަމަށް ބުނެ މީހުން ބައިޑެންއަށް ޖޯކު ޖަހާފައި ވެއެވެ.