ރިޔާދް:- ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ސީރިޔާގެ ހަލަބަށް އެހީވުމަށް ސައުދީ ރަސްގެފާނުގެ އަމުރުފުޅަށް 35 ޓަނުގެ ސާމާނު ރޭގެ ވަގުތެއްގައި ސައުދީއިން ފޮނުވައިފިއެވެ.

ސައުދީގެ ހަބަރުފަތުރާ ވަސީލަތްތަކުން ބުނެފައި ވަނީ އެހީގެ ގޮތުގައި ރަސްގެކަމުގެ ދަރުބާރުން ހަލަބަށް ފޮނުވާފައި ވާނީ ކާނާ އާއި ސިއްހީ ވަސީލަތްތަކާއި ފިނިން ރައްކާތެރިވުމަށް ބޭނުންވާ ސާމާނެވެ. ސައުދީން ވައިގެ މަގުން މިއެހީގެ ސާމާނު ފޮނުވީ 8 މަތިންދާ ބޯޓެއްގައެވެ. ހަލަބަށް އެހީވުމަށް ސައުދީން އެހީގެ ސާމާނު ފޮނުވާފައި ވަނީ ހަލަބަށް އެހީވުމަށް ސީރިއާގެ ސަރުކާރާއެކު ހަދާފައިވާ ހާއްސަ އެއްބަސްވުމެއްގެ ދަށުންނެވެ.

ހަލަބަކީ ސީރިޔާގައި މިފަހުން ކުރެވުނު ދާހިލީ ހަނގުރާމައިގައި ސީރިޔާގެ ރައީސް ބައްޝާރަލް އަސަދަށް ވަފާތެރި ސިފައިންނާއި ހަނގުރާމަ ވެރިންނާދެމެދު އެންމެ ވަރުގަދައަށް ހަމަލާތައް ބަދަލު ކުރެވުނު އަވަށެވެ.

މިދިޔަ ހަފްތާގައި ތުރުކީ އާއި ސީރިއާއަށް ކުރިމަތިވި ބާރުގަދަ ބިންހެލުމުގެ ސަބަބުން މިހާތަނަށް 36،000 އަށްވުރެ ގިނަ މީހުން މަރުވެ ބައިމިލިޔަނެއްހައި މީހުން ވަނީ ހާލުުގައި ޖެހިފައެވެ.