ޑެންގީ ހުމަށް ރައްކާތެރިވެ ތިބުމަށް އެޗްޕީއޭ އިން އިލްތިމާސް ކޮށްފި

0

ޑެންގީ ހުން އަދި ރޯގަތަކުން ރައްކާތެރިވެ ތިބި ދަތުރު ކުރުމަށް ހެލްތް ޕޮރެޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، ޗުއްޓީ ދުވަސްވަރަކަށް ވުމާއެކު ކެއިންބުއިމުގެ އާދަތަކަށް ބަދަލު އައުމާއި، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ޑެންގީ ހުމާއި، ބައެއް ރޯގާތަކާއި ބަލިމަޑުކަން ފެތުރުމުގެ ފުރުސަތު ބޮޑުކަމުގައި ވާތީ މިކަމަށް ސަމާލުވުމަށެވެ.

Advertisement

ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ގައިން ގަޔަށް އަރާބަލިތަކާއި އަދި ހާއްސަކޮށް އަރިދަފުސް ރޯގައަށް ސަވާލުވެތިބެ ދަތުރު ކުރުމަށް އިލްތިމާސް ކޮށްފައެވެ.

އެގޮތުން، މަދިރިހެފުމުން ރައްކާތެރިވުމާއި، އަރިދަފުސް ރޯގާއާއި ވައިރަލް ހުމާއި، ބޭރަށް ހިންގުމާއި، ލޮލުރޯގާއިން ރައްކާތެރިވުމާއި، ހޭންޑް ފުޓް މައުތު ބަލިން ރައްކާތެރިވުމާއި، ފާނަބަސަންދުން ސަލާމަތްވެ ރައްކާތެރިވުމަށް ދުރާލައި ފަރުދީ ފެންވަރުގައާއި، މުއައްސަސާތަކުން އެޅިދާނެ ފިޔަވަޅުތައް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ހާމަކުރައްވާފައި ވެއެވެ

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here