ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބިދޭސީއަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންބުނީ އަތުލައިގެންފައިވަނީ ލިޓުވިއާގެ ފިރިހެނެއް ކަމަށެވެ. އޭނާއަކީ އުމުރުން 49 އަހަރުގެ މީހެކެވެ.

އޭނާ އަތުލައިގަތީ ދިވެހި ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. އެ އޮޕަރޭޝަނުގައި އިމިގްރޭޝަން އާއި މޯލްޑިވްސް ކަސްޓަމްސްގެ އެހީތެރިކަން ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އޭނާ މަސްތުވާތަކެތި އެތެރެކޮށްފައިވަނީ ދިރުވާލައިގެންނެވެ. ފުލުހުން ބުނީ މަސްތުވާތަކެތި ނެގުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.