ށ. ޅައިމަގު ގައި ޤާއިމުކުރާ ފެރީ ސްޓޮޕް މަސައްކަތުގެ ތެރޭގައި ހިމެނޭ ފެރީ ހަޓްގެ މަސައްކަތްތައް ނިމިއްޖެކަަމަށް އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ.

އެމްޓީސީއިންް ވިދާޅުވީ މި ފެރީ ސްޓޮޕްގައި ކިއޮސްކް އަކާއި، ވެއިޓިންގް އޭރިއާއެއްގެ އިތުރުން ފާޙަނާވެސް ހުންނާނެ ކަމަށެވެ.

މިފެރީ ސްޓޮޕްއަކީ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން އެކެއް ގެ ދަށުން ޤާއިމުކުރެވޭ ފެރީސްޓޮޕެއްކަމަަށްވެސް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.