ވިލިމާލެ ފެރީ ޓާރމިނަލް ކައިރިން މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިކަމުގެ މައުލޫމާތު މިއަދު 3:30 އެހާކަން ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އަނިޔާވި މީހާއަށް އެޑީކޭ ހޮސްޕިޓަލް އިން މިހާރު ދަނީ ފަރުވާ ދެމުންކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުޤީޤް ކުރަމުންނެވެ.