މާލޭ އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތް މިރޭ ފަށައިފި ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެކުންފުނީމް މިރޭ ބުނެފައިވަނީ އެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.އެގޮތުން، މިހާރުވަނީ އެމަގުގެ ސެގްމެން 1، 2، އަދި 3 ގައި ސަބްގްރޭޑް އަދި ޢޭބީސީ ފަށަލް އެޅުމުގެ މަސައްކަތާއި، ޕްރައިމް ކޯޓް އެޅުމުގެ މަސައްކަތް މުޅިން ނިމިފައި ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 2،511 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްގްރޭޑް، އޭބީސީ އަދި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ފަށައި އެ މަގުގެ އެންމެ އިރުން ފެށިގެން ސްޓެލްކޯއާ ހަމައަށް ތާރު އަޅައި މިރޭ ނިންމާލެވޭނޭ ކަމަށް މިރޭ ބޭއްވި ޚާއްސަ ހަރަކާތުގައި އެމްޓީސީސީން ވަނީ ބުނެފައެވެ. އަމީނީ މަގު ހެދުމުގެ މަސައްކަތް ފެށީ އާރުޑީސީންނެވެ. އެމްޓީސީސީން މިމަސައްކަތް ކުރަނީ ސްބްކޮންޓްރެކްޓް އުސޫލުންނެވެ. އެ މަސައްކަތް އާރުޑީސީން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ހުކުރުދުވަހުއެވެ.