ފިލިޕީންސަށް ރޭ ދަންވަރުގެ ވަގުތެއްގައި 6.1 މެގްނެޓިއުޑުގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާރވޭއިން ބުނެފައި ވަނީ ބިންހެލުން އައިސްފައި ވަނީ ފިލިޕީންސްގެ މެދުތެރޭގައި އޮންނަ މަސްބަޓޭ ޕްރޮވިންސަށެވެ. އަދި މިބިންހެލުމާއި ގުޅިގެން ސުނާމީއެއް އުފެދުމުގެ ފުރުސަތު ނެތް ކަމަށާއި އެހެންނަމަވެސް ބިންހެލުމާއި ގުޅިގެން އަންނަ ލޮޅުންތަކުގެ ސަބަބުން ގެއްލުންތަކެއް މިއަވަށަށް ލިބިދާނެ ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާރވޭއިން ލަފާކުރެއެވެ.

ފިލިޕީންސްގެ ކަމާ ގުޅޭ އިދާރަތަކުން ބުނެފައި ވަނީ ބިންހެލުމުގެ ސަބަބުން އެއްވެސް މީހަކު މަރުވެފައިވާ ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައިވާ ނުވާކަމަށެވެ. އަދި އެއްވެސް މީހަކަށް އަނިޔާ ވެގެން ފަރުވާ ދީފައިވާ ކަމުގެ މައުލޫމާތުވެސް ލިބިފައި ނުވާކަމަށް ފިލިޕީންސްގެ ކަމާ ގުޅޭ އިދާރާތަކުން އޭއެފްޕީއަށް ވަނީ މައުލޫމާތު ދީފައެވެެ.

ފިލިޕީންސްގެ އެކި ސަރަހައްދުތަކަށް މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ބާރުގަދަ 3 ބިންހެލުން އައިސްފައިވާކަން ފާހަގަ ކޮށްލެވެއެވެ.