މއ. އާހިޔާގުލްޝަންގައި އަލިފާން ރޯވެ މުޅި ބިލްޑިންގުން މީހުން ހުސްކޮށްފި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެ ބިލްޑިންގުގައި ރޯވެފައިވަނީ ގްރައުންޑް ފުލޯގެ ޑީ ބޯޑްގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 9:30 ގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެކަން ރިޕޯޓު ކުރުމުން އެފްއާރުއެސް ފަޔަރމަނުން އެގެއަށް ދިޔައިރު އަލިފާން ވަނީ ނިއްވާލާފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެހެންނަަމަވެސް ދުންފެތުރިފައިވާތީ މުޅި ބިލްޑިންގ ވަނީ "އެވަކުއޭޓް ކުރެވިފައި،" ކަމަށް އެމްއެންޑީއެފުން ބުންޏެވެ. މިހާދިސާގައި އެއްވެސް މީހަަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.