ބަރލިން ގައި ހުންނަ އިނގިރޭސިވިލާތުގެ އެމްބަސީގައި ގާޑަކަށް ހުރެގެން ރަޝިޔާއަށް ޖާސޫސްކޮށްދިން އިނގިރޭސި މީހާ 13 އަހަރަށް ޖަލަށް ލާން ޙުކުމް ކޮށްފިއެވެ. އުމުރުން 53 އަހަރުގެ ޑޭވިޑް ސްމިތު ޖަލަށް ލާން ޙުކުމް ކުރީ އޭނާ ގާޑަކަށް ހުރެގެން ރަޝިޔާއަށް ޖާސޫސްކޮށް ދިންކަމުގެ ތުހުމަތުގައެވެ.

އޭނާ ވަނީ ހައްސާސް މައުލޫމާތު އެއްކޮށް އެ މައުލޫމާތު ރަޝިޔާއަށް ދީފައެވެ. އޭނާ ކަންކޮށްފައިވާ ގޮތުން އެމްބަސީގެ ޕްރޮސެޖާތައް ބަދަލުކުރުމަށް އެއް މިލިއަން ޑޮލަރު ޚަރަދު ކުރަން ޖެހުނު ކަމަށްވެސް ބުނެފައި ވެއެވެ.