ބަހާރު މޫސުމް އައިސްފައި މިއޮތީ ހަމައެކަނި ހުޅުމާލޭގެ މަގުތަކަކަށް ނޫނެވެ. ރާއްޖޭގެ އެންމެ ދެކުނަށްވެސް މިއޮތީ މަލުގެ ބަހާރު މޫސުމް އައިސްފައެވެ.

މިދުވަސްކޮޅު އެންމެ ގިނައިން ސޯޝަލްމީޑިޔާއިންގެ އެކި ދިމާތަކުންނާއި ތަފާތު ނޫސްތަކުގެ ސުރުހީތަކުންނާއި އެކި މީހުންގެ ޕްރޮފައިލް ތަކުން ފެންނަނީ ހަމަ އެއް ތަނެއްގެ ތަފާތު ރީތި މަންޒަރުތަކެވެ. ހަނަފަސް ބިމެއްގައި އިމާރާތްތަކަކާއި މަދު ގަސްތަކަކާއެކު މީހުން ދިރިއުޅެން ފެށި ހުޅުމާލެ އަދު ދިވެހިންގެ ހިތްތަކުގެ މަންޒިލަކަށް ވަނީ ވެފައެވެ.

ހުޅުމާލޭ ސެންޓްރަލްޕާކުތެރެއިން...ފޮޓޯ:ޝައްފަ-ހަލިނޫސް

އެގޮތުން މިދިޔަ އަހަރު ހުޅުމާލޭގެ މަޝްހޫރު ވާހަކައަކަށް ވެ، ސޯޝަލްމީޑިޔާގައި ދައުރުވީ ދަނބު މޫސުމް އައިސްގެން ހުޅުމާލެ ދަނބުން ޖަރީވަމުން ދިޔަ ވާހަކައެވެ. މިއަހަރު ފެށިގެން ތިރީސްދުވަސް ނުނިމެނީސް އިވެމުން އައި މަލުގެ ބަހާރު މޫސުމުގެ އަޑު ގަދަވެ މާމެލާމެލީގެ ސަރަހައްދުތައް އަދިވެސް ހަމަ ކުލަމަލުން ޖަރީވެ ފުރިހަމަ ވަމުން ދަނީއެވެ.

ހުޅުމާލޭމަގުތަކުގައި ގަސްތައް މަލުންފުރިފައި....ފޮޓޯ:ޝައްފަ-ހަލިނޫސް
ހުޅުމާލޭގެ ފެހިކަންގަދަ ޕާކުގެ މަންަޒަރެއް....ފޮޓޯ:ޝައްފަ-ހަލިނޫސް

ހުޅުމާލޭގެ މަންޒަރުތައް ސަމާލުކަމުން ކައްސާލައި ނަޒަރު ގޮސް ހުއްޓުވާލީ ފުވައްމުލައް ސިޓީގެ އަހްމަދު ސައީދުގެ ފޭސްބުކް ޕޭޖެވެ. އެޕޭޖުގައި އަބަދުވެސް ތަފާތު މައުޟޫއު ތަކަށް އަމާޒުކޮށް އެކި ކަހަލަ މައުލޫމާތު ހިމަނާފައި ހުރެއެވެ.

ފުވައްމުލައް ސިޓީގެ މާމެލާމެލީގެ ހިތްގައިމު މަންޒަރެއް: ފޮޓޯ: އަހުމަދުސައީދު

ފުވައްމުލައް ސިޓީގެ މާމެލާމެލީގެ ހިތްގައިމު މަންޒަރެއް: ފޮޓޯ: އަހުމަދުސައީދު

ހާއްސަކޮށް، މައިގަނޑު ގޮތެއްގައި ފުވައްމުލައް ސިޓީގެ އެކިކަހަލަ ކަންތައްތަކަށް އަލި އަޅުވާފައި އެކަމަކާ ގުޅޭ ތަސްވީރުވެސް ލާފައި ހުރެއެވެ.

އެގޮތުން މިފަހަރު އަހުމަދު ސައީދު މިވަނީ ފުވައްމުލަކު ސިޓީއަށް އައިސްފައިވާ މަލުގެ މޫސުމް ފެންނަ ތަސްވީރުތަކެއް ހިއްސާކޮށްފައެވެ.

ފުވައްމުލައް ސިޓީގެ މާމެލާމެލީގެ ހިތްގައިމު މަންޒަރެއް: ފޮޓޯ: އަހުމަދުސައީދު

ފުވައްމުލައް ސިޓީގެ މާމެލާމެލީގެ ހިތްގައިމު މަންޒަރެއް: ފޮޓޯ: އަހުމަދުސައީދު

"ހަލި" ނޫޙުން އަހުމަދު ސައީދަށް މެސެޖުކޮށް، ގުޅޭތޯ މަސައްކަތް ކުރީމެވެ. ނަސީބު ރަނގަޅުކަމުން އަހުމަދު ސައީދުގެ ހުއްދައާއެކު ފުވައްމުލަކުގެ މިހިތްގައިމު މަންޒަރު ހިއްސާކޮށްލާނެ ފުރުސަތު ލިބުނީއެވެ. މުޅި ރަށުގައި ވަނީ މަލުގެ އީދެއް އައިސްފައިކަމަށްވެއެވެ.

ފުވައްމުލައް ސިޓީގެ މާމެލާމެލީގެ ހިތްގައިމު މަންޒަރެއް: ފޮޓޯ: އަހުމަދުސައީދު

ހާއްސަކޮށް ބޯގަންވިލާ މާތައް އެކި ކުލަކުލައިން ފަރިވެ ފޮޅެނީއެވެ. މިއީ ހިތްފަސޭހަކަމާއި އުފާވެރިކަމުގެ އިހުސާސް އާލާ ކުރުވާ ހިތާމަތައް ދުރުކޮށްދޭ މަންޒަރުތަކެކެވެ.

"ހަލި"ނޫހުން އަހުމަދު ސައީދުގެ މިއުފާވެރިކަމާއި އަމިއްލަ ރަށަށް ބަހައްޓާ ހާއްސަަކަމަށް މަރުހަބާ ކިޔަމެވެ.