މި އަހަރު ރާއްޖެއަށް ގެންނަން އަމާޒުކުރި ފަސް ލައްކަ ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އަތުވެއްޖެއެވެ.

ރާއްޖެއަށް ޒިޔާރަތް ކުރި ފަސްލައްކަ ވަނަ ފަތުރުވެރިޔާއަކީ އަންހެން ފަތުރުވެރިއެކެވެ. އޭނާ އަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ހާއްސަ ރަަސްމިއްޔާތެއް ބާއްވައިފައެވެ.

މިއަހަރުގެ 5 ލައްކަވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އައި އިރު، ކުރިން ލަފާކުރި ގޮތުންފަސް ލައްކަވަނަ ފަތުުރުވެރިޔާ އަންނާނެކަމަށް ކުރިން ލަފާކުރީ މިމަހުގެ 19 ވަނަ ދުވަހުއެވެ. ނަމަވެސް ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ސަރުކާރުން ކަނޑައެޅި އަމާޒަށް އޭގެކުރިން ވާސިލުވާނެކަމަށް މީގެ ކުރިން ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީން މީގެ ކުރިން ބުނީ މިއަހަރު 525000 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެކަމަށް އަންދާޒާކުރެވޭކަމަށެވެ. އަދި އަންނަ އަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެކަމަށް މިހާރު އެ މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ. މީގެއިތުރުން އަންނަ އަހަރުގެ ތެރޭގައި 10 މިލިއަނަށްވުރެ ބެޑް ނައިޓްސް އިތުރުވާނެކަމަށްވެސް އެ މިނިސްޓްރީން ވަނީ އަންދާޒާކޮށްފައެވެ.