ކަމްބްރިއާގެ ‘އަޖައިބެއްފަދަ ކުޑަކުއްޖާ’ ނޯއާ ވޯލް އުފަންވިއިރު ސިކުނޑި މަސައްކަތް ކުރީ އެންމެ %2 އާއެކު ނަމަވެސް އޭނާގެ ހުސްސިކުނޑީގެ ބާރުގައި ދުނިޔޭގައި 10 އަހަރު ހޭދަކުރި ވާހަކަ އަދު ޑޮކްޓަރުންވެސް ހައިރާންކުރުވައެވެ.
ނޯޔާގެ މައިންބަފައިން ޝެލީ އާއި ރޮބް އަށް ޑޮކްޓަރުން ނަސޭހަތްތެރިވީ ދަރިފުޅު އުފަން ވުމުގައި ނޫނީ ވިހެއުމަށް ފަހުވެސް މަރު ވެދާނެ ކަމަށާއި އެބޯޓް ކޮށްލުމަށެވެ. ޑޮކްޓަރުން އެހެން ބުނީ ނޯޔާގެ މަންމަގެ ބަނޑުގައި އޮތް ނޯޔާގެ ސްކޭންތަކުން ނޯޔާއަށް ސްޕައިނާ ބިފިޑާ އާއި ހައިޑްރޯސެފަލަސް ޖެހިފައިވާކަން އެނގުމުންނެވެ.
އެކަމަކު ނޯޔާގެ މައިންބަފައިން އަޒުމް ކަނޑައެޅީ ނޯޔާ ދުނިޔެއަށް އުފަންކުރުމަށެވެ.އެއަށްފަހު ޑޮކްޓަރުން ބުނީ އޭނާ ދިގު މުއްދަތަކަށް ނޫޅޭނެ ކަމަށާއި، %2 އަށް ވުރެ މަދު ސިކުނޑީގެ މަސައްކަތް ކުރުމުން އޭނާއަށް ދިރިއެއް ނުހުރެވޭނެ ކަމަށެވެ. ދެންވެސް ޑޮކްޓަރުންގެ ބަހާ ދެކޮޅަށް އެމީހުން ނޯޔާ ދުނިޔެއަށް ގެނައުމަށް ނިންމިއެވެ.
އަދި މިއަދު ނޯޔާއަށ 10 އަހަރު ފުރެންދާއިރު އެއްކަލަ 2 ޕަސެންޓުގައި މަސައްކަތް ކުރި އޭނާގެ ހުސް ސިކުނޑި އެވަނީ މަޑުމަޑުން ހެދެމުން އައިސް އަށްޑިހައަށްވުރެ ބޮޑު ބައި ހެދިނިމިފައެވެ. އެންމެ ދެ ޕަސެންޓުގެ ސިކުނޑިއަކާއެކު ކުއްޖަކު ހަމަ އާދައިގެ ގޮތަކަށް ދުނިޔޭގައި އުޅެ ސިކުނޑިވެސް އޭނާގެ ހެދިބޮޑުވަމުންދާ ހަށިގަނޑާއެކު ހެދެމުން ދަނީއޭ ބުނުމުން ގަބޫލު ކުރަން ވަރަށް ދަތިވެދާނެއެވެ. އެކަމަކު މިއީ ނޯޔާއަށާއި އޭނާގެ މައިންބަފައިންނަށް ކިތަންމެ އިހުސާސްތައް ކުރުވާ ތަފާތު ހިޔާލުތަކެއް އާކުރާ ވާހަކައަކަށް ވިޔަސް މިއީ ދުނިޔޭގެ ގިނަ މީހުންގެ ނަޒަރުގައި އަޖައިބެއްކަހަލަ ހައިރާން ވުމެކެވެ.
ނޯޔާ ވޯލް އާއި އޭނާގެ މަންމަ ނޯޔާގެ 9 ވަނަ އުފަންދުވަސް ފާހަގަކުރުމަށް ސޯޝަލް މީޑިއާގައި ވާޗުއަލް ޕާޓީއެއްގައި ބައިވެރިވުމަށް ރައްޓެހިންނާއި ހެޔޮއެދޭ މީހުންގެ ކިބައިން އެދި، އޭނާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔައި، މުޅި ދުވަހު ނަގާފައިވާ ވީޑިއޯތަކާއި ފޮޓޯތައް ހިއްސާކޮށް އުފާކޮށްފައެވެ.