ދޯންޏެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މި ހާދިސާގެ ރިޕޯޓް އެފަރާތަށް ލިބިފައިވަނީ މިއަދު ހެނދުނު 7:15 ހާއިރު ކަމަށެވެ.

މި ހާދިސާ ހިނގައިފައިވަނީ ލ. މާވަށުގެ ދެކުނުން 7 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަމަށް ނިކުމެ އުޅުނިކޮށްކަމަށް އެފަރާތުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، "ނޫރު-2" ނަމަކަށްކިޔާ މި ދޯނިގައި ރޯވެވެގެން އެ ސަރަހައްދަށް ދިޔައިރު ދޯނިވަނީ އަޑިއަށް ގޮސްފައިކަމަށާއި، އެ ދޯނިގައި ތިބީ ތިން ފަޅުވެރިން ( ދިވެއްސާކާއި 3 ބިދޭސީން ) ކަމަށާއި، އަދި އެ މީހުން މިހާރު ވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދެވިފައި ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

މި ހަދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމުގެ މައުލޫމާތެއް ލިބިފައެއްނުވެއެވެ.