ތުރުކީ އާއި ސީރިޔާ ގުޅޭ ބޯޑަރު ސަރަހައްދަށް އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

6.4 މެގްނިޓިއުޑުގެ މި ބިންހެލުން އައިސްފައިވަނީ ތުރުކީގެ ދެފްނެ ސަހަރަށެވެ.

މި ބިން ހެލުމުގެ ސަބަބުން އަންޓަކްޔާ އާއި އަދާނާ އަށްވެސް ބިން ހެލުމުގެ އަސަރުކޮށް ބައެއް އިމާރާތްތަކަށް ގެއްލުންވިކަމަށާއި ނަމަވެސް ބިންހެލުމާ ގުޅިގެން މިހާތަނަށް އެއްވެސް މިހާކަށް ގެއްލުން ވެފައިވާކަމުގެ ރިޕޯޓެއް ނުލިބެއެވެ.

މި ބިންހެލުމަށްފަހު މިފަދަ ލޮޅުންތައް އަދިވެސް ދަނީ އަރަމުންނެވެ. އެގޮތުން ކުރިއަށް އޮތްތަނުގައިވެސް ލޮޅުންތައް އަރާނެ ކަމަށް ބެލެވެއެވެ. އަދި ކުރިން އައި ބިންހެލުމުގެ ސަބަބުން ނުވެއްޓި ހުރި އިމާރާތްތައްވެސް ވެއްޓުމަކީ އެކަށީގެންވާ ކަމެކެވެ.

މިމަހު ކުރީކޮޅު ސީރިޔާ-ތުރުކީ ބޯޑަރު ކައިރިއަށް ބާރުގަދަ ބިންހެލުމެއް އައިސް، މަރުވި މީހުގެ އަދަދު ވަނީ 46،000 އަރާފައެވެ.