ދ.ރިނބުދޫގައި "މޫދު ކަސްރަތު" ޕްރޮގްރާމެއް ފަށައިފިއެވެ. މިއީ އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ގުޅިގެން އެރަށު ކަނބަލުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

އެމްއެންޑީއެފްއިން ވިދާޅުވި ގޮތުގައި މިމަހުގެ 20 އިން ފެށިގެން މާރިޗް މަހުގެ ސާދަ ވަނަ ދުވަހުގެ ނިޔަލަށް އެރަށުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި 34 ކަނބަލުން ބައިވެރިވެފައި ވެއެވެ

އެގޮތުން، މި ޕްރޮގްރާމްގައި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކަސްރަތު ކުރުމުގެ މުހިންމުކަމާއި، ކަސްރަތުކުރަންވީ ރަނގަޅުގޮތްތަކާއި، ރަނގަޅު ޞިއްޙަތެއްގައި ހުރުމަށް ރަނގަޅު ކާނާ ކެއުމުގެ މުހިންމުކަމާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

މި ކުލާސްތަކުގައި ކިޔަވައި ދެއްވަނީ މި ދާއިރާއިން ތަޢުލީމާއި ތަމްރީނާއި ތަޖުރިބާ ހޯއްދަވާފައިވާ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ސިފައިންނެވެ.