11 ވަނަ އިމިގްރޭޝަން އެންފޯސްމަންޓް ކޯހުގެ ފަސްޓް އެއިޑް ޕެކޭޖްފަށައިފި ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ. މިއީ އިމިގްރޭޝަންގެ މުވައްޒަފުންނަށް އެމްއެންޑީއެފް މެޑިކަލް ކޯރއިން ހިންގާ ޕެކޭޖެކެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ހަ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕެކޭޖްގައި ފަސްޓް އެއިޑް ލެވަލް3 އަދި ސީޕީއާރު-އޭއީޑީގެ ބައިތައް ކިޔަވައިދޭނެކަމަށެވެ. އެގޮތުން ފުރަތަމައެހީ ދޭނެ ގޮތާއި، ސީޕީއާރު ދޭނެ ގޮތުގެ އިތުރުން ލޭ މަނާ ކުރާނެ ގޮތް އަދި ޒަޚަމްތަކަށް ފަރުވާދޭނެ ގޮތްތަކާއި ބަލިމީހުން އުފުލާނެ ގޮތްތަކާ ގުޅޭގޮތުން މުހިންމު މަޢުލޫމާތު ފޯރުކޮށްދީ ދަސްކޮށްދެވޭނެ ކަމަށްވެސް އެފަރާތުން ވިދާޅުވިއެވެ.

އިމިގްރޭޝަނަށް އަލަށް ވަންނަ މުވައްޒަފުންނަށް ހިންގާ މި ކޯހުގައި އެ އިދާރާގެ 32 ފަރާތެއް ބައިވެެރިވެފައިވެއެވެ. މި ޕެކޭޖްގެ ބައިތައް ކިޔަވައިދިނުމުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް މެޑިކަލް ކޯރގެ ސިފައިންނެވެ.