ކ. ހިންމަފުށި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލައިފިކަމަށް ފުލުހުން ވިދާޅުވެއްޖެއެެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ހިންމަފުށި ޕޮލިސް ސްޓޭޝަނުގެ ގޯތިތެރޭގައި މިއަދު ނައްތާލާފައިވަނީ މި އަހަރުގެ ދެ މައްސަލައެއްގައި އެ ސްޓޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 85 ފުޅި ބަނގުރަލެވެ.

އެގޮތުން، ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށްވެސް އެފަރާތުން ވަނީ ވިދާޅުވެފައެވެ.