ތ.ވިލުފުށީގައި ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ ޓްރޭނިންގ ޕްރޮގްރާމެއް ފަށައިފި ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ. މިޕްރޮގްރާމަކީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑާއި، ވިލިފުށީ ކައުންސިލް ގުޅިގެން ގެންދިޔަ ޕްރޮގްރާމެކެވެ.

އެމްއެންޑީއެފްއިން ވިދާޅުވި ގޮތުގައި މިމަހު 22 - 28ގެ ނިޔަލަށް ވިލިފުށީގައި ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ބާރަ ފަރާތަކުން ބައިވެރިވެފައިވެއެވެ.

މީގެ އިތުރުން މިޕްރޮގްރާމަކީ، ރަށު ފެންވަރުގައި ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރުން އުފައްދައި، ރަށްރަށުގައި ފަޔަރ ފައިޓަރުން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށާއި އެގޮތުން މި ޕްރޮގްރާމްގައި އަލިފާން ރޯވާން ދިމާވާ ސަބަބުތަކާއި އަލިފާން ނިއްވާނޭ ގޮތްތަކާއި އަލިފާން ނިއްވުމަށް ބޭނުންކުރާ ބައެއް އާލާތްތަކާއި ބެހޭގޮތުން މައުލޫމާތު ދީ އެތަކެތި އަމަލީގޮތުން ބޭނުންކުރާނޭ ގޮތްތައް ދަސްކޮށްދެވޭނެކަމަށް އެފަރާތުން ވަނީ ވިދާޅުވެފައެވެ.

މިޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ޙަރަކާތްތެރިވެފައިވަނީ މިދާއިރާއިން ތަޢުލީމާއި ތަމްރީނާއި ތަޖުރިބާ ހޯދާފައިވާ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިންނެވެ.