ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ބަންދުގައި ބަހައްޓައިގެން އެ ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަން ބޭނުން ވެގެން ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ގޮތުގައި ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ހޯދަނީ އިސްމާޢީލް ޝުޖާޢު (43އ) އެވެ. އަދި އޭނާ ހޯދަމުންދަނީ ދައުލަތުން ދައުވާކުރާ، އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ކަމަށްވެސް ވިދާޅުވިއެވެ.

އިސްމާޢީލް ޝުޖާޢު ބަންދުގައި ބަހައްޓައިގެން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް މިމަހު 26 ވަނަ ދުވަހުގެ 13:00 އަށް އެ ކޯޓުން ވަނީ ފުލުހުންގެ މައްޗަށް އަމުރު ކުރައްވާފައެވެ.

އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުންވަނީ ޝުކުރު އަދާކުރައްވާފައެވެ.