ރާއްޖޭގައި ހިނގާފައިވާ ބޮޑެތި އަލިފާނުގެ ރޯވުންތަކުގެ މައްސަލަތައް ތަހުގީގު ކުރުން ބޭރުގެ ތަހުގީގު ޓީމުގެ އެހީއާއެކު ކުރިއަށް ދާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ރާއްޖޭގައި ހިނގާ ބޮޑެތި އަލިފާނުގެ ހާދިސާތަކުގެ ތަހުގީގުގައި ރާއްޖެއިން ބޭރުގެ ތަހުގީގު ޓީމާއެކުު ކުރެވުނު މަސައްކަތުން ލިބުނު މައުުލޫމާތުގެ އަލީގައި އެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ހާމަކުރީ މީޑިޔާތަކަށް އަލިފާނުގެ ހާދިސާތަކާ ބެހޭ ހަބަރު ކުރުމަށް ފޮނުވި މެސެކުތަކަކުންނެވެ.

އިއްޔެ ފުލުހުން މިހެން ބުނެފައިވާއިރު ރާއްޖޭގައި މިހާ ތަނަށް ހިނގާފައިވާ ބޮޑެތި އަލިފާނުގެ ހާދިސާތަކުގެ އެންމެ ފަހުގެ މައުލޫމާތުވެސް ވަނީ ހާމަކޮށްފައެވެ، އެގޮތުން ނިރުފެހިގޭގެ އަލިފާނުގެ ހާދިސާއާއި ގުޅީފަޅުގެ އެފްކޮންސް އެކޮމޮޑޭޝަން ބްލޮކުގައި ރޯވި ހާދިސާއާ ބެހޭ އެންމެފަހުގެ މައުލޫމާތުތައް ވަނީ މީޑިޔާތަކާ ހިއްސާކޮށްފައެވެ.

މިދެ ހާދިސާގެ އިތުރުން ނީލަން ފިހާރައިގަ ރޯވި ހާދިސާއާއި އޯކިޑުމަގު އިވްނިންގ ކެފޭގެ ބަދިގޭގައި ރޯވި ހާދިސާގެ އިތުރުން އަތޮޅުތަކުގައި ހިނގާފައިވާ އެކިއެކި އަލިފާނުުގެ ހާދިސާތައް ހިމެނެއެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ހާދިސާއަކީ 31 ވަނަ ދުވަހު ސ. ހުޅުދޫ ވަލުތެރޭގައި ހުރި ތާރު ކޮންޓެއިނަރު ތަކެއްގައި ރޯވި ހާދިސާއެވެ. އަދި ފިޔޯރީ ސްކޫލު ހޯލުގައި އަލިފާން ރޯވެ އަނދާފައިވާ ހާދިސާވެސް ފާހަގަވެއެވެ.

މާލޭގައި ފަހަކަށް އައިސް ހިނގި އެންމެ ބޮޑު، އަދި އެންމެ ހިތާމަވެރި ހާދިސާތަކުގެ ތެރޭގައި ނިރުފެހިގޭގައި ރޯވުން ހިމެނެއެވެ. އެއީ އަލިފާނުގެ މިހާދިސާތަކުގެ ތެރެއިންވެސް އެންމެ ސިއްސުވާލި، އެތައް ފުރާނައެއް އެއްފަހަރާ ގެއްލިގެން ދިޔަ އަދި އެތައް ބައެއްގެ މިންނެތް މަސައްކަތް އަނދާ އަޅިއަށް ވެގެން ދިޔަ ހާދިސާއެކެވެ.

އެހެންކަމުން މި ގޮތްނޭނގޭ ގިނަ އަލިފާނުގެ ހާދިސާތަކާ ބެހޭ ގޮތުން ހާއްސަ ބޮޑު ތަހުގީގެއް ފެށިކަމަށާއި ރާއްޖޭން ބޭރުގެ ފޮރެންސިކް ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނީ މި ޖެނުއަރީ މަހުގެ ކުރީކޮޅުގައެވެ.