މާލެސިޓީގެ ފިހާރައަކަށް މީހަކު ވަދެ ތޫނު އެއްޗަކުން ހަމަލަ ދީފިއެވެ.

މާލޭގެ ސަރަހައްދެއްގެ ފިހާރައަކަށް ވަދެ މީހަކު ތޫނު އެއްޗަކުން ހަމަލަ ދީފައިވާ ކަމަށާއި ހާދިސާ ހިނގި ސީންގައި ފުލުހުން ހަރަކާތްތެރި ވަމުންދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ހަލި ނޫހަށް އެނގިފައިވާ ގޮތުގައި އަނިޔާ ވި މީހާ ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.

ފުލުހުން "ހަލި" ނޫހަށް ދިން މައުލޫމާތުގައި ބުނެފައި ވަނީ އެއީ މާފަންނު ފިހާރައެއް ކަމަށެވެ. އަދި އަނިޔާވި މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެވެމުން ދާކަމަށެވެ.

އެނގިފައިވާ ގޮތުގައި މީހާއަށް ފަރުވާ ދެވެމުން ދަނީ އައިޖީއެމްއެޗުގެ އިމަރޖެންސީގައެވެ. އަނިޔާވެފައި ވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ބުނީ އެމައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ.