ހުޅުމާލޭ "ޖޫސްޓައިމް" އަށްވަދެ ގެއްލުންދިން ކަމަށް ތުހުމަތު ކުރެވޭ މީހުން އެވަގުތު ދުއްވި ސައިކަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

"ހުޅުމާލޭ ޖޫސްޓައިމަށް ވަދެ ގެއްލުންދިން މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން އެވަގުތު ދުއްވި ކަމަށް ބެލެވޭ ސައިކަލް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި،" ފުލުހުންވިދާޅުވެފައިވެއެވެ.

ސައިކަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވިޔަސް މިކަމާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ކުރެވިފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ އެ މައްސަލަ ތަހުގީގު ކޮށް މައްސަލައިގައި ތތުހުމަތު ކުރެވޭ މީހުން ދެމެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ސައިކަލު ގެންގޮސްފައިވަނީ ކޮންތާކުން ކޮންއިރަކު ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.