ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތ. ހިރިލަންދުއަށް ފުރާވަޑައިގަންފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ ހިރިލަންދޫ ސްކޫލަށް 71 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ.

އެގޮތުން މި ދަތުރުފުޅުގައި އެރަށުގެ ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ. މި އިމާރާތަކީ އެ ރަށުގައި އަލަށް އިމާރާތް ކުރި އޮފީހެކެވެ.

އާބާދީގައި ގާތްގަނޑަކަށް ބާރަސަތޭކަ މީހުން ދިރިއުޅޭ ހިރިލަންދޫއަށް ކުރައްވާ މި ދަތުރުފުޅުގެ އިތުރުން، މީގެ ތިން އަހަރު ކުރިންވެސް ރައީސް ވަނީ އެރަށަށް ވަޑައިގެންފައެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އެނބުރި ވަޑައިގަންނަވާނީ މި ރެއެވެ.