މާލޭގައި ހުންނަ ކެފޭއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ އަލިފާން ރޯވީ ގަލޮޅުގައި ހުންނަ "ސަލްމާން" ނަކަމަށް ކިޔާ ކެފޭއެއްގައި ކަމަށާއި މި ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިއަދު 11:15 ގައި ކަމަށެވެ.

އަލިފާން ރޯވީ ކެފޭގެ ބަދިގޭގައި ހުރި ގޭސްފުޅި މަތީގައި އޮތް ތުވާއްޔެއްގައި ކަމަށާއި އަލިފާން ތުވާލީގައި ހިފައި ގޭސްފުޅީގެ ހޮޅި އަދާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ މިހާރު އަލިފާގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.