ލ. ގަމު ތުނޑީ އަވަށުގައި އަލަށް އާބާދުވި ސަރަޙައްދުގައި އަޅާ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މިސްކިތުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާއި ލ. ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް އަދި ކައުންސިލްގެ ރައީސް އަޙްމަދު ޒަކީއެވެ.

ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން އިމާރާތްކުރާ މި މިސްކިތަށް ޖުމްލަ 16،818،646.27 (ސޯޅަ މިލިއަން އަށްލައްކަ އަށާރަހާސް ހަސަތޭކަ ސާޅީސް ހަ ރުފިޔާ ހަތާވިސް ލާރި) ޚަރަދުވާނެއެވެ.

މިއީ 700 މީހުންގެ ޖާގައިގެ މި މިސްކިތެކެވެ. މިއީ ފިރިހެނުންނާއި އަންހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށް ބިނާ ކުރެވޭ މިސްކިތެކެވެ.

މި މިސްކިތް އިމާރާތްކޮށް ނިންމުމަށް ހަމަޖެހިފައިވަނީ އެއް އަހަރު ދުވަސް، 365 ތެރޭގައެެ

ލ. ގަމު ތުނޑީ އަވަށުގައި މިސްކިތެއް ޢިމާރާތްކުރުމަށް ފެޑޯ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 14 ޑިސެންބަރު 2022 ގައެވެ.