ފިޔޯރީ ކައުންސިލް ފޭސް ޤްރުއާން މުބާރާތުގައި ބައިވެރިވުމަށް ދެދުވަހެއްގެ ތެރޭގައި އިއުލާން ކުރާނެ ކަމަށް ފިޔޯރީ ކައުންސިލުން ވިދާޅުވެއްޖެއެވެ. މުބާރާތާ ބެހޭ ގޮތުން "ހަލި" ނޫޙަށް މައުލޫމާތުދެއްވަމުން ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދު ވިދާޅުވި ގޮތުގައި ފިޔޯރީ ކައުންސިލް ފޭސް ޤްރުއާން މުބާރާތަކީ ހަތަރުވަނަ ދައުރުގެ ކައުންސިލް އިންތިހާބަށްފަހު، ކޮންމެ އަހަރަކު ރޯދަމަހު ބޭއްވުމައް ނިއްމާފައިވާ ޤުރުޢާން މުބާރާތެކެވެ.

"މި މުބާރަތް ކުރިއަށް މިގެންދަނީ ފިޔޯރީ ކުލަބް ޖަމިއްޔާތައްކަށް ފުރުސަތު ހުޅުވާލާއިގެން އިއުލާން ކުރެވި ހުށަ ހެޅޭ އެންމެ ރަގަޅު ޕްރޮޕޯސެލް އެއް ހުށަހަޅާ ކުލަބް ޖަމިއްޔާ މެދުވެރިކޮށް މުބާރަތް ހިންގާ ގޮތައް." މުބާރާތާ ބެހޭ ގޮތުން "ހަލި" ނޫހަށް ދެއްވި މައުލޫމާތުގެ ތެރޭގައި ކައުންސިލުން ވިދާޅުވެފައި ވެއެވެ. މިގޮތުން 1444 ވަނަ އަހަރު ރަމަޟާން މަހު ޤުރުއާން މުބާރާތް ބޭއްވުމަށް ފިޔޯރީ އެސޯސިއޭޝަން ފޮރ ކޮމިއުނިޓީ އެންޕަވަރމެންޓާއި އެކު އެއްބަސްވުމުގައި ސޮއި ކުރެވިފައި ވާކަމަށާއި މިއަހަރުގެ މުބާރާތަށް ކައުންސިލުން -/50،000 ޚަރަދު ކުރުމަށް ނިންމާފައިވާ ކަމަށްވެސް ފިޔޯރީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

ނިމުނު 1443 ވަނަ އަހަރުގެ ގުރުއާން މުބާރާތްވެސް ކުރިއަށް ގެންދިޔައީ ހަމަ މި ޖަމިއްޔާގެ ފަރާތުންkަމަށްވާއިރު ވޭތުވެދިޔަ މުބާރާތަށްވެސް ފިޔޯރީ ކައުންސިލުން 40 ހާސް ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މި މުބާރާތަކީ ފިޔޯރި ދަރިވަރުންނާއި ރައްޔިތުންގެ ހިއްތަކުގައި ކީރިތި ޤްރުޢާނަށް ލޯބި ޖެއްސުވުމުގެ މަޤުސަދުގަ ހިންގަމުންދާ މުބާރާތެއް ކަމަށާއި ދެދުވަހެއްގެ ތެރޭގައި މުބާރާތަށް ހުޅުވާލާނެ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

"މި މުބާރާތަކީ ރަށުގެ ކުދިންނާއި ރައްޔިތުންނަށް އަމާޒު ކޮށްގެން ހިންގާ މުބާރާތެއް. މިދިޔަ އަހަރު މި މުބާރަތް ހިންގީ ރަށުގެ ތިން އަވަށު ތަމްސީލު ކުރެވޭ ގޮތައް ބާއިވެރިން ހިމަނާއިގެން އޭގެ ބޭނުމަކީ ރަށުގެ ނެތެމުންދާ އަވަށު ރޫހު އާލާ ކުރުން . އެކަމުގެ ނަތީޖާ މިދިޔަ އަހަރު އަވަށުތަކުން ވަރައް ފުރިހަމަ އަށް ވަނީ ފެނިގެން ގޮސްފައި." ފިޔޯރީ ކައުންސިލުން ވިދާޅުވެފައިވެއެވެ.

މިގޮތަށް ޖަމިއްޔާ ޖަމާޢަތް މެދުވެރި ކޮށް ކަންތައް ކުރަނީ ޖަމިއްޔާ ޖަމާޢަތްތައް ރަށުގެ ކުރިއެރުމާއި ތަރައްޤީއަށް ކޮއްމެހެންވެސް މުހިއްމު ބައެއްކަމަށް ދެކޭތީ ކަމަށް ވިދާޅުވެފައި ވާއިރު އެފަރާތްތައް މަލީ އެހީތެރިކަން ފޯރުކޮށްދީ ހަރަކާތްތައް ހިންގުވާ ރަށުގެ ބާރުގަދަ ބަޔަކަށް ހެދުމަކީވެސް ފިޔޯރީ ކައުންސިލުން ބޮޑު ސަމާލުކަމަކާއި އަހައްމިއްޔަތުކަމެއް ދޭކަމެއް ކަމުގައި ކައުންސި؛ލު ރައީސް ވަނީ ވިދާޅުވެފައެވެ.