ތިލަދުންމަތީ ފަސްޓް އިންޓަރ ސްކޫލް ސްވިމިން ކޮމްޕެޓިޝަނުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވާ ސްވިމިންގ ޕްލެޓްފޯމް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެެވެ.

މި މަސައްކަތުގައި ހަރަކާތްތެރި ވެފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް،ހދ.ކުޅުދުއްފުށީ ޕޯސްޓުގެ ސިފައިންނެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސްވިމިންގ ކޮމްޕެޓިޝަނުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ މިޕްލެޓްފޯމް ތައްޔާރުކުރުމުގެ މަސައްކަތް، މާރިޗު މަހު ފުރަތަމަ ދެވަނަ ދުވަހު އެމްއެންޑީއެފް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.