މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އިން ނޭޝަނަލް ވޮލީބޯލް ރެފްރީސް ކޯހެއް ބާއްވަން ނިންމައިފިއެވެ. މިއީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ދަށުން ހިންގާ ކޯހެކެވެ.

މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުރިޔަށްގެންދާ މިކޯހުގައި ބައިވެރިވުމުގެ ޝަރުތަކީ އުމުރުން 18 އަހަރާއި 35 އަހަރުގެ މީހެއްކަމުގައި ވުމެވެ.

ޔޫތު މިނިސްޓްރީއިން ވިދާޅުވިގޮތުގައި ކޯހުގައި ކަނޑައަޅާފައިވަނީ 35 ޖާގައެވެ. މީގެ އިތުރަށް ބައިވެރިން ކުރިމަތިލާފައިވާނަމަ ދާއިރާއާއި ގުޅުންހުރި ފަރާތްތަކަށް އިސްކަންދެވޭނެއެެވެ. މިމަހުގެ 07 ވަނަ ދުވަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ މި ކޯހަކީ 10 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ކޯހެކެވެ.

މި މިކޯހުގައި ކިޔަވައިދޭނެ ކަންތައްތަކުގެ ތެރޭގައި ވޮލީބޯޅައިގެ ޤަވާއިދުތަކާއި ހޭންޑް ސިގްނަލް އަދި ސްކޯ ޝީޓް ފުރިހަމަ ކުރާނެގޮތް ހިމެނެއެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު މިދިޔަމަހު ސައްބީހުން ފެށިގެން މިމަހުގެ 05 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.