އިސްރާއިލުގެ ޔަހޫދީ ސިފައިން ދިން ޓެރަރިސްޓް ހަމަލާއެއްގައި ފަލަސްތީނުގެ 15 އަހަރުގެ ޒުވާނަކު އިއްޔެ ޝަހީދު ކޮށްލައިފިއެވެ.

މުހައްމަދު ނިދާލް އަލް ސާލިމް، އިސްރާއިލުން ޝަހީދު ކޮށްލީ ފަަލަސްތީނުގެ ވެސްޓް ބޭންކުގެ އައްޒޫނަށް ދިން ހަމަލާއްގައި ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީއިން ބުނެއެވެ. އަދި ހަމަލާ އަމާޒުވެފައި ވަނީ ނިދާލްގެ ބުރަކަށްޓަށް ކަމަށްވެސް ފަލަސްތީނުގެ ހެލްތު މިނިސްޓްރީއިން ހާމަ ކުރައްވައެއެވެ. މިހަމަލާގައި އިތުރު ދެޒުވާނުން ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށާއި މީގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށްވެސް ފަަލަސްތީނުގެ މަޝްއޫލުވެރިން ހާމަ ކުރައްވައެވެ.

އިސްރާއީލުގެ ޓެރަރިސްޓް ހަމަލާތަކުގައި މިއަހަރުގެ މިހާތަނަށް ފަލަސްތީނުގެ 66 މީހަކު ވަނީ ޝަހީދު ކޮށްލާފައެވެ. މީގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. މިހަމަލާތައް ހުއްޓުވުމުގައި އަދި ކުއްވެރި ކުރުމުގައި އ.ދ ސަލާމަތީ މަޖިލީހާއި ދުނިޔޭގެ ބޮޑެތި ބާރުތައް ވަނީ ނުކުޅެދިފައެވެ.