ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު "ކިއްލާ މާލެ" ގެ ނަމުގައި ފޮތެއް ނެރުއްވުމަށް މަސައްކަތް ކުރައްވާކަމަށް ވިދާޅުވެއްޖެ އެވެ.

"ކިއްލާ މާލެ" ނަމުގައި ކިޔުއްވާ ފޮތް ލިޔެ ނިންމައި މިހާރު ޗާޕަށް ދިނުމަށް ތައްޔާރުކޮށްފައިވާ ކަމަށް އިއްޔެ ކުރެއްވި ޓުވީޓެއްގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ފޮތަކީ މާލެއާ ބެހޭ ގޮތުން ލިޔެފައިވާ، އިހުޒަމާނުގައި މާލެ އޮތް ގޮތުގެ މައްޗަށް އެކުލަވާލާ ފޮތެއްކަމަށް ރައީސް ނަޝީދު މީޑިޔާތަކަށް ދެއްވި މައުލޫމާތުގައި ވިދާޅުވެފައި ވެއެވެ.

އެގޮތުން މާލޭގައި މީގެ ކުރިން އުޅުނު މީހުންނާއި، މާލެ އޮތް ގޮތުގެ މައްޗަށް ފޮތުގައި އަލިއަޅުވާ ލައްވާފައިވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މާލެއާއި އަތޮޅު ތެރޭގެ ރަށްތަކާ ހުރި ގުޅުމުގެ ވާހަކަ ވެސް މި ފޮތުގައި ހިމަނާފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ރައީސް ނަޝީދު ފޮތް ލިޔުއްވައި ޝާއިރު ކުރައްވާފައިވެއެވެ. އެއީ ސިޔާސީ ކޯޅުންތަކާ ގުޅިގެން ރާއްޖެ އިނގިރޭސި ވިލާތުގެ ހިމާޔަތަށް ދިއުމަށް މެދުވެރިވި ގޮތުގެ މައްޗަށް ބިނާކޮށް ލިޔުއްވާފައިވާ ފޮތެކެވެ. އެމަނިކުފާނު އެންމެ ފުރަތަމަ ފޮތެއް ޝާއިއުކުރެއްވީ 1996 ވަނަ އަހަރު އެވެ.