ބޭނުންވާތަކެތި:

ޕާސްތާ

ޗީޒް

ޗިކަން

ކެރެޓް

ތައްޔާރުކުރާނެ ގޮތް:

ތެއްޔަކަށް ފެން އެޅުމަށްފަހު ކައްކަން އުދާށެވެ. ފެން ކެކެން ފެށުމުން ޕާސްތާ، ޗިކަން އަދި ކެރެޓް އަޅާފައި މަޑުވަންދެން ކައްކާށެވެ. ދަރިފުޅަށް ކާންދޭއިރު ޗީޒް އެޅުމަށްފަހު ހިމުންކޮށްފައި ކާންދޭށެވެ.

ނޯޓް: ޕާސްތާއަށް ތަފާތު ވައްތަރުގެ ތަރުކާރީ އަޅައިގެން ކެއްކުމަށްފަހު ކުޑަދަރިފުޅަށް ކާންދެވިދާނެއެވެ. ދަރިފުޅުގެ އުމުރުން އެއް އަހަރު ފުރުމުން ޕާސްތާ ކައްކާއިރު ލޮނު ބޭނުން ކުރެވިދާނެ އެވެ.