އައްޑޫ ސިޓީ ފޭދޫ ސްކޫލްގެ ގާލްގައިޑުންނަށް ޓީމް ބިލްޑިންގ ސެޝަނެއް ކުރިއަށްގެންގޮސްފިއެވެ. މިއީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ހެޑްކްއޯޓަރޒްގައި އިއްޔެ ކުރިއަށްގެންދިޔަ މިސެޝަންގައި ސަދަން އޭރިއާ ކޮމާންޑާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނެއް ދިނުމުގެ އިތުރުން ޓީމް ބިލްޑިންގ އެކްޓިވިޓީސްތަކާއި ގޭމްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މިސެޝަންކުރިއަށް ގެންގޮސްފައި ވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިންކަމަށެވެ. މީގެ އިތުރުން އެމްއެންޑީއެފް ސަދަން އޭރިއާގެ މޯސްޓް ސަދަން ޕޮއިންޓަށް ފޭދޫ ސްކޫލްގެ ގާލްގައިޑުންނާއި އެ ސްކޫލްގެ ޓީޗަރުން ވަނީ ޒިޔާރަތްކުރައްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ފޭދޫ ސްކޫލްގެ ދަރިވަރުން މިކުރެއްވި ޒިޔާރާތުގައި އެ ސްކޫލްގެ 54 ގާލްގައިޑުންނާއި 15 ޓީޗަރުން ބައިވެރިވެލެއްވިއެވެ.