ސެންރެމޯ ޕާސްތާއާއި ސެންރެމޯ ކާބޮނާރާ ވިތު މަޝްރޫމު ސޯހުގައި ތިން ގޮތަކަށް ޕާސްތާ ތައްޔާރުކޮށްލެވިދާނެއެވެ. ބުރަ ބިޒީ ޝެޑިއުލްއެއްގައި އުޅޭ ފަރާތްތަކަށް ހެޕީމާކެޓުން ފަސޭހަކަމާއެކު ޕާސްތާ ތައްޔާރުކޮށްލަން ބޭނުންވާ ތަކެތި އެއްތަނަކުން ގަތުމުގެ ލުއިފަސޭހަފޯރުކޮށްދެއެވެ. ސެންރެމޯ ޕާސްތާގެ ބޭނުން ވައްތަރެއް، ރިގަޓޯނީ ތޯ، ލާޖްޝެލް ތޯ، ލާޖް ސްޕައިރަލް ތޯ ނޫނީ ސްޕެގެޓީތޯ، ވިސްނާލުމަށްފަހު ބޭނުން ވައްތަރެއް ހިޔާރުކޮށްލާށެވެ. ފޯޗޫން ސަންފްލާވަ ތެލާއި ބޭނުން ވައްތަރެއްގެ ސެންރެމޯ ޕާސްތާ އަދި ސެންރެމޯ ކާބޮނާރާ ވިތު މަޝްރޫމު ސޯސް ހެޕީމާކެޓުގެ ޖީބަށް ލުއި އަގެއްގައި ހޯދާލުމަށްފަހު މިވަގުތުގެ ޑިޝް ބޭނުން ވައްތަރަކަށް ތައްޔާރުކޮށްލަމާތޯއެވެ.

ޕާސްތާ މައިކްރޯވޭވްގައި ތައްޔާރުކޮށްލުމަށް އެންމެ ފުރަތަމަ މައިކްރޯވޭވް ސޭފް ތަށްޓެއްގައި ޕާސްތާ ކިރިޔާ ތެންމާލެވޭވަރުގެ ފެންފޮދެއްގައި ސަންފްލާވާ ތެޔޮ ފޮދެއް އެޅުމަށްފަހު މައިކްރޯވޭވް ކޮށްލާށެވެ. އަނެއް ސޭފްތަށީގައި "ސެންރެމޯ ކާބޮނާރާ ވިތު މަޝްރޫމް" ސޯސް މަތިބަންދު ކުރުމަށްފަހު ކަވަރކޮށް މައިކްރޯވޭވް (850W) މީޑިއަމްގައި 4 މިނެޓް ވަންދެން ބަހައްޓާށެވެ. ޕާސްތާ ތަށްޓަކަށް އެޅުމަށްފަހު ހޫނުކުރި ސޯސްތަށި ނަގައި ޕާސްތާއާ އެއްކޮށްލާށެވެ.ޑިޝް ތައްޔާރު ކުރެވުނީއެވެ.

އުނދުނުގައި ކައްކާނަމަ ސެންރެމޯ ޕާސްތާގެ ބޭނުން ވައްތަރެއްގެ ޕާސްތާ، ތެލީގައި ފެން ހޫނުކޮށް "ފޯޗޫން"ސަންފްލާވާ ތެޔޮ ސަމުސަލެއް ފެނަށް އަޅާށެވެ. އަދި ޕާސްތާ އެޅުމަށްފަހު ރޯފިލުވައިލާށެވެ. ފެނާ ވަކިކުރުމަށްފަހު ތަށްޓަކަށް ޕާސްތާ ނަގާއަޅާށެވެ.ކުޑަތަވައެއްގައި "ސެންރެމޯ ކާބޮނާރާ ވިތު މަޝްރޫމު" ސޯސް (ޕާސްތާއަށް ވާ ވަރަށް މިންކޮށްފައި) އަޅައި މަޑުގިނީގައި ހޫނުކޮށްލާށެވެ.ދެން ސެންރެމޯ ޕާސްތާއާއި ސެންރެމޯ ކާބޮރާނާ ވިތު މަޝްރޫމު ސޯސް އެއްކޮށްލާށެވެ.ސުފުރާ މައްޗަށް ޑިޝް އެރުވުމަށްފަހު މީރު ބުއިމަކާއެކު އަވަހަށް ކެއުމަށް އިންސާފު ކުރައްވާށެވެ. "ރައުޗް" ބްރޭންޑުގެ "ހެޕީޑެއި" ޖޫހަކީ ތާޒާ މޭވާގެ އަސްލީ ރަހަ ލިއްބައިދޭ އަރާމުފިނިކަމެއް މެއަށާއި ހަށިގަނޑަށް އިހުސާސްކޮށްދޭ ބުއިމެކެވެ. "ރައުޗް"ގެ "ހެޕީޑެއި" ޖޫހުގެ މީރުރަހަތައް "ހެޕީމާކެޓް"އިން ލިބެން ހުންނާނެއެވެ.

ދެން މިއޮތީ ރަސްމީކޮށް ތަކެތި ބޭނުންކޮށްގެން ޕާސްތާ ތައްޔާރުކޮށްލާނެ ގޮތެވެ.

މި ޑިޝް ތައްޔާރުކުރުމަށް ބޭނުން ވާ ތަކެތި، އަޅުގަނޑުމެން ހިޔާރު ކުރީ "ހެޕީމާކެޓް"ގެ "ސެންރެމޯ" ސްޕެގެޓީ، 'ސެންރެމޯ ކާބޮނާރާ ވިތު މަޝްރޫމު ސޯސް"، 'ފޯޗޫން' ސަންފްލާވަރ ކައްކާތެޔޮ، ހެޕީމާކެޓުގެ ބޯންލެސް ކުކުޅެވެ. ބޭނުންފަރާތްތަކަށް ހެޕީމާކެޓުން ކޮލިޓީ ބީފް ޗަންކްސް ވެސް މިއަށް ބޭނުން ކޮށްލެވިދާނެއެވެ. އިތުރަށް ބޭނުންވާ ތަކެތި: ފިޔާ، ލޮނުމެދު، ބްލެކްޕެޕާ، ޗިލީޕެޕާ، ޑްރައިޑް(ހިކި) ޕާސްލީކޮޅެއް.

ތައްޔާރުކުރާނެ ގޮތް؛

ތެއްޔަކަށް ފެން އެޅުމަށްފަހު ކައްކާށެވެ. ފެން ކެކެން ފެށުމުން ކުޑަ ސަމުސަލުގެ 1 ސަމުސާ ލޮނު، މޭޒުމަތީ ބޮޑު ސަމުސަލުގެ 2 ސަމުސާ "ފޯޗޫން' ސަންފްލާވަރ ކައްކާތެޔޮ އެޅުމަށްފަހު "ސެންރެމޯ" ސްޕެގެޓީ އަޅާށެވެ. ރޯފިލާ ވަރު ވުމުން ފެނުން ޕާސްތާ ވަކިކޮށް ތަށްޓަކަށް ނަގާށެވެ. އަދި ޕާސްތާ ފެންފޮދެއް ވަކިން ތަށްޓަކަށް އަޅާފައި ބަހައްޓާށެވެ.

ކޮށާފައިހުރި (ހެޔޮވަރުގެ 2ފިޔާ) ފިޔާކޮޅާއި (3ވަރަކަށް ލޮނުމެދު)ލޮނުމެދު، ތަވައެެއްގައި. 'ފޯޗޫން'ސަންފްލާވަރ ތެޔޮފޮދުގައިމީރުކޮށްލާށެވެ. ނުވަތަ އެންމެ ފުރަތަމަ ތަވައަށް ފޯޗޫން'ސަންފްލާވަރ ތެޔޮފޮދެއް އެޅުމަށްފަހު ކުދިކޮށް ކޮށާފައި ހުރި ކުކުޅުކޮޅު(ނުވަތަ މިއަށް ހިޔާރުކުރި މަސްކޮޅު. ބީފް. ވަޅޯމަސް، ރޯމަސް...) އަޅައި ކިރިޔާ އިނގިލިން ނެގޭ ވަރުގެ ކުޑަ ލޮނުކޮޅެއް އެޅުމަށްފަހު މަސްކޮޅު ރޯފިލަން ފެށުމުން ފިޔާ، ލޮނުމެދު އަޅައި އެއްކުރަމުން ކޮށާފައި ހުރި މަޝްރޫމުކޮޅު އަޅައި އެއްކޮށްލާށެވެ.(މަޝްރޫމު އެޅުމުގެ ކުރިން ކުޑަ އެތިކޮޅެއް ގާނިޝް ކޮށްލުމަށް ބޭނުމިއްޔާ ނަގާ ތަށްޓެއްގައި ބަހައްޓާށެވެ)

މާބޮޑަށް ހިކިކޮށް ނުހުންނާނެހެން އެއްކުރަމުންދާއިރު ޕާސްތާ ފެންފޮދުން ސަމުސަލެއް ވަރު އަޅާށެވެ. މަސްކޮޅު ހަނާވެ ނިމުމުން ދެން ޕާސްތާ އަޅައި މަޑުމަޑުން ދެބައި އެއްކުރަމުން، ޕާސްތާ ފެން ސަމުސާ ދެ ސަމުސާވަރު އެއްކޮށް މަޑުގިނީގައި ބަހައްޓާށެވެ.

'ސެންރެމޯ ކާބޮނާރާ ވިތު މަޝްރޫމު ސޯސް ފުޅިން ފަސްވަރަކަށް ސަމުސާ(މިއީ 3 މީހަކަށް ތައްޔާރުކުރާ 1 ޕެކެޓް ސްޕެގެޓީގެ ޕާސްތާ ނަމަ)، ޕާސްތާ އަށް ވާވަރަށް ސޯސް އެޅުމަށްފަހު އެއްކުރަމުން ދާށެވެ. ކުޑަކުޑަ ހިކި ޕާސްލީ ކޮޅެއް އެޅުމަށްފަހު، ކުޑަސަމުސަލެއްގެ 1/4 ވާވަރަށް ބްލެކް ޕެޕާ އަޅައި އެއްކުރަމުން ކުޑަލޮނު ކޮޅެއް ވިއްސާލާށެވެ. އަދި ދެން ޗިލީޕެޕާ ކުޑަސަމުސަލެއްގެ 1/4 ހުންނަވަރަށް އަޅާށެވެ. (މި ޑިޝްތަކަކީ ރޯމިރުސް އަޅާ ޑިޝްތަކަކަށް ނުވިޔަސް، ބައެއް ފަރާތްތަކަށް އަސޭމިރުސް ރަހަ އެހާ ރަނގަޅު ނޫންކަމަށްވެފައި، ދިވެހިންނަށް އާންމުކޮށް ކަމުދާނީ ގިތެޔޮ މިރުހުގެ ރަހަ ކަމުން ކުދިކޮށްކޮށާފައި ގިތެޔޮ މިރުހެއް އަސޭމިރުހުގެ ބަދަލުގައި އަޅައިގެން ރަހަ ހެޔޮވަރުކޮށްލާށެވެ)

ޑިޝް ތައްޔާރު ކުރެވުނީއެވެ. ތަށްޓަކަށް ތައްުޔާރުވެފައި ހުރި ޕާސްތާ އެޅުމަށްފަހު ގާނިޝް ކޮށްލަން ބެހެއްޓި މަސްކޮޅު، ޕާސްތާ މަތީގައި ރީތިކޮށް އަޅާފައި އަތުރާލާށެވެ.)

ހޫނު ކަން މަތީގައި "ސެންރެމޯ"ޕާސްތާ ވިތު "ސެންރެމޯ ކާބޮނާރާ ވިތު މަޝްރޫމު ސޯސް" އާއެކު "ރައުޗް"ގެ ހެޕީޑެއިގެ މީރު ޖޫހަކާއެކު ސުފުރާ މަތި ތައްޔާރުކޮށްލާށެވެ. ބައިވެރިޔާއަށް ދޭން މިއީ އެއްވަނައިގެ ސަޕްރައިޒަކަށް ވާނެއެވެ. އަަވަށް ކެއުމަށް އިންސާފުކޮށްލަމާ ހިނގާށެވެ.

ހެޕީ މާކެޓުން މިވަގުތު ފޯރުކޮށްދެވެން ހުރި ހިދުމަތްތަކުގެ ތެރެއިން ބައެއް....ފޮޓޯ:ހެޕީމާކެޓް އިންސްޓާ

"ސެންރެމާ"ގެ މި ބާވަތްތައް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށްވެސް އެއްތަނަކުން ހޯދުމަށް ހެޕީމާކެޓަކީ އެންމެ ރަނގަޅު ހިޔާރުކަން ޔަގީނެވެ. ސެންރެމާގެ މިސޯސްގެ ރަހައާއެެކު ސެންރެމާ ޕާސްތާއިން ތައްޔާރު ކޮށްލެވުނު ޕާސްތާ ވިތު ކާބޮނާރާ މަޝްރޫމު ސޯސް....ޔާޔަމީމާ....ވާހް.....ބަސްމަދުވެފައި ބަނޑުހައިކަން ފިލުމާއެކުވެސް އަދިވެސް ހަމަ ބޭނުމެވެ. އަޖުމަ ބައްލަވާލައްވާށެވެ.