ޕާކިސްތާނަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާ ކުރިމަތި ވެގެން އުޅެނީ ކުރީގެ ސަރުކާރުތަކުން ގައުމުގެ ކަންކަން ރާވާފައި ނެތުމުން ކަމަށް ޕާކިސްތާންގެ ކުރީގެ މާލީ ވަޒީރު މިފްތާހު އިސްމާއީލު ވިދާޅުވެއްޖެއެވެ. ކަރާޗީގައި ދެއްވި ލެކްޗަރެއެއްގައި އިސްމާއީލު ވިދާޅުވީ ޕާކިސްތާންގެ މައްސަލައަކީ އަންހެނުން މާގިނައިން ވިހެއުން ކަމަށެވެ. އަދި އެކަން ކޮންޓްރޯލު ކުރުމަށް ވާހަކަ ދައްކާއިރު މުއްލާއިން އެކަމާ ގަޔާ ނުވެގެން ދެކޮޅަށް ނިކުންނަ ކަމަށެވެ. އޭނާ މިސާލު ދެއްކެވީ އެހެން އިސްލާމީ ގައުމުތައް ކަމަށްވާ ބަންގްލަދޭޝާއި ޓިއުނީޝިއާ މިސްރުންނެވެ. އެތަންތާނގައި ދަރިން ވިހާ ނިސްބަތް ކޮންޓްރޯލު ކުރަން ދަންނަބޭކަލުން ހުއްދަ ދޭއިރު ޕާކިސްތާންގައި އެކަން ނުވާންވީ ކީއްވެތޯ އޭނާ ސުއާލު ކުރެއްވިއެވެ.

"މިހާރު ދިމާވެފައި އޮތް ކާރިސާއިން އަރައިގަތުމަށް އޮތް އެއް ގޮތަކީ" އާބާދީ ޕްލޭން ކުރުން ކަމަށް އިސްމާއީލު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕާކިސްތާނުން ކޮންމެ އަހަރަކު 5.5 މިލިއަން ކުދިން އުފައްދާ އިރު ޕާކިސްތާނުގައި އެހެން ކަމެއް ކުރަން މީހަކަށް ވަގުތެއް ވާނީ ކޮން އިރަކުންތޯ އެވެ؟

ކުރީގެ ފިނޭންސް މިނިސްޓަރު އިތުރަށް ވިދާޅުވީ ފާއިތުވި 10 އަހަރު ޕާކިސްތާނުން، ބަންގްލަދޭޝްގެ ދަރިމައިވުމުގެ ރޭޓާ އެއްވަރު ކުރިނަމަ ބަންގްލަދޭޝްގެ ބޮލަކަށް ޖެހޭ ޖުމްލަ ޑީޖީޕީގެ 15 ޕަސެންޓަށް ވުރެ ޕާކިސްތާންގައި ޖެހޭ އަދަދު އިތުރުވެގެން ދިޔައީސް ކަމަށެވެ. އޭނާ ވިދާޅުވީ ބަންގްލަދޭޝް އާއި ލަންކާ ފަދަ ދެކުނު އޭޝިއާގެ އެހެން ގައުމުތަކަށް ބޮޑު ކުރިއެރުމެއް ލިބިފައިވަނީ "އާބާދީ ރަނގަޅު ޕްލޭން" ކުރުމުގެ ސަބަބުންނެވެ.