ސިފައިންގެ ފެމެލީ އެސޯސިއޭޝަން (ސިފަމާ) އިން ޢާއިލީ ހަވީރެއް ބާއްވައިފި ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ އިއްޔެ ހަވީރު ކަޅުތުއްކަލާކޮށީގައި ބޭއްވި މިހަވީރަކީ ސިފައިންގެ ޢާއިލާތައް އެއްތަނަކުން ދިމާވެ އުފާވެރި ވަގުތުކޮޅެއް ހޯދައިދިނުމުގެ މަޤްޞަދުގައި ސިފަމާގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވި އާއިލީ ހަވީރެއްކަމަށެވެ.
މި ހަވީރުގައި، ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިއާ އަހުމަދު ދީދީއާ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުالله ޝަމާލްއާ، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފް އާއި ސިފަމާގެ ރައީސާ ފާތިމަތު ފިރާޝާ އާއި އަދި ގިނަ އަދަދެއްގެ ސިފައިންނާއި، ސިފައިންގެ ޢާއިލާތަކުން ބައިވެރިވެ ލެއްވިއެވެ.
މި ހަވީރުގައި ޑްރޮއިން އެންޑް ޕެއިންޓިންއާއި، ފޭސް ޕެއިންޓްކުރުމާއި ދަޅު ވެއްޓުމާއި، ރައިފަލް ޝޫޓިންއާއި، ބައެއް މިއުޒިކަލް އިންސްޓްރޫމެންޓް ކުޅުމާއި، ކަރެއޯކޭ ކިޔުން ފަދަ ކުޑަކުދިންނާ ގުޅޭ ގިނަ ޙަރަކާތްތަކެއް އެކުލެވޭ ތަފާތު ސްޓޯލްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މީގެ އިތުރުން ސިފަމާގެ ފުޑް ސްޓޯލެއްގެ ޚިދުމަތްވެސް ޢާއިލީ ހަވީރުން ލިބިގެންދިޔައެވެ.
މި އާއިލީ ހަވީރުގައި ފަޔަރ އެންޑް ރެސްކިޔު ސަރވިސް، ކޯސްޓްގާޑު، މެރިން ކޯރ، މެޑިކަލް ކޯރ، މިލިޓްރީ ޕޮލިސް އަދި ސްޕެޝަލް ފޯސްއިން ބައިވެރިވިއެވެ.މި އާއިލީ ހަވީރު މިހާ ފުރިހަމަކޮށް ގެންދިއުމުގައި ސިފަމާއި ގުޅިގެން ސިފައިންގެ ޔުނިޓުތަކުން ދެއްވި އެހީތެރިކަން ސިފަމާއިން ފާހަގަކުރެއްވިއެވެ.
އަދި ޚާއްސަކޮށް ސިފައިންގެ ލީޑަރޝިޕުން މިކަލަހަ އިވެންޓުތައް ކުރިއަށް ގެންދިއުމުގައި ދެއްވާ ފުރިހަމަ އެއްބާރުލުން ފާހަގަކުރައްވައި ސިފަމާގެ ފަރާތުން ވަނީ ޝުކުރުއަދާކުރައްވާފައެވެ.